ކުއްލި ޚަބަރު

އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

ހުޅުމާލޭ ފޭސް އެކެއްގައި އެސްޓީއޯގެ އިތުރު ފާމަސީއެއް ހުޅުވައިފި

75 މާކްސް ލިބުނު މީހުންނަށް ފްލެޓް ކަނޑައެޅި މައްސަލަ އޭސީސީއަށް ހުށަހަޅައިފި

ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރި މައްސަލަ އިސްތިއުނާފުކޮށްފި

83d

މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު، ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން ނިންމި މައްސަލަ އިސްތިއުނާފުކޮށްފިއެވެ.

އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދިޔަ މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އޭގެ އެއް ދުވަސްކުރިން އޭނާ ވަނީ މަގާމުން ވެސް ވަކިކޮށްފައެވެ.

ޝަމްއާންގެ ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ފުރަތަމަ ހާޒިރުކުރުމުން، އެ ކޯޓުން އޭރު އޭނާގެ ބަންދަށް 15 ދުވަސް ޖެހިއެވެ.

ފުލުހުން މިއަދު ބުނީ ޝަމްއާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ޝަމްއާންގެ އިތުރުން ހަތަރު މީހަކު ހައްޔަރުކުރިއެވެ. އެއީ ތ. ބުރުނި، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއީލް (21އ) އާއި ގ. ހެޕީސައިޑް، އިބްރާހިމް އަހުމަދު (37)ގެ އިތުރުން ހަމަ އެ ގޭ ހަސަން ސަހެޝާން (47އ) އަދި މ. ހަޒާރީ ވިލާ، އަހުމަދު ލައްސާން (40އ) އެވެ.

ފުލުހުން ވަނީ ޝަމްއާންގެ އާއިލާ މެންބަރެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ދެ މީހަކު ފުރުން ވެސް މަނާކޮށްފައެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ހިފަހައްޓާފައިވަނީ ޝަމްއާންގެ އަނބިކަނބަލުން ހިދްފާ ފާއިޒުގެ ފޯނެވެ.

ފުލުހުން މީގެ ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހިންގާ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި ޑިޓެއިންކުރުމުގެ ޒިންމާ އާއްމުކޮށް އާދަކުރަމުންދާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމެންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ބިދޭސީން ދިރިއުޅެމުންދާ ތަން ބަލައިފާސްކޮށް ހަދައިފައިވާކަން އެނގިފައިވާ ކަަމަށެވެ.

އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ގެންގޮސްފައިވާ ކަމަށާއި އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

“މީގެ އިތުރުން، އިސްވެ ދެންނެވުނު ގެ ބަލައި ފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތަކެއް ހޯދައި އެ ފައިސާތައް ހިފައިގެން، 2025 މާޗު 21 ވަނަ ދުވަހާ ހަމައަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމު އަދާކުރަމުން ދިޔަ މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ..،” ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހުން ހުއްޓުވައި ބަލައިފާސްކޮށް އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށެވެ. އަދި ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމަށް ދަށަށް ގެންގޮސްފައިވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muizzu-councils

ރައީސް މަސައްކަތްކުރައްވަނީ ކައުންސިލުތަކަށް މާލީ ބާރުވެރިކަން ހޯދައިދޭން: އާދަމް ޝަރީފް

K8syow847yftjbkxzwixdeos3oj9iy7r7gnyrzdi

ޔޮޓެއް ފަރަކަށް އެރުވުމުން ލިބުނު ގެއްލުންތަކަށް ހަތަރު މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

372251 3 2b65be570381b1eaebeb8b3a28290ce1de256ecb large

ހަތް މަސް ދުވަހު އަރަނި ބަޖެޓެއް، ތާރީހީ ރެކޯޑެއް

378137 b81e16c0 7

އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

TTH_advertisement ELL Mobile Advertisement