ކުއްލި ޚަބަރު

މިނިވަންކަމާއެކު ސިޔާސީ ލީޑަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒު ގާއިމްކޮށްދެއްވައިފި: ނަޝީދު

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

ނަޝީދާއި އީވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަނީ

މަގޫދޫގައި ދެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް، އެމްޓީސީސީން ތައްޔާރުވެއްޖެ

ނ. އަތޮޅު މަގޫދޫގައި ދެ މުހިންމު މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެމްޓީސީސީން ޕްރޮޖެކްޓް ސައިޓު މޮބިލައިޒް ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި ދެ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އަދި އައުޓްޑޯ ޖިމެއް ޤާއިމުކުރުމެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނަށް ނުހަނު މުހިންމު އަދި ޒަރޫރީ ގިނަ މަޝްރޫޢުތަކެއް ހުއްޓިފައިވުމާ ގުޅިގެން، ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި ޚާއްޞަ އިރުޝާދުފުޅުގެ ދަށުން، މިފަދަ މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމުގެ ޒިންމާ ވަނީ އެމްޓީސީސީއާ ހަވާލުކުރެވިފައެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް 350 މީހުންގެ އާބާދީއެއް ދިރިއުޅޭ މަގޫދޫގައި މި ފެށިގެންދާ މަޝްރޫޢުތަކުގެ މަސައްކަތް ފުރިހަމަވުމުން، އެރަށުގެ ރައްޔިތުންނަށް އުމްރާނީ އަދި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ފާއިތުވި 44 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެ، މި ކުންފުނިން ދަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގެ ދާއިރާއިން އެތަކެއް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި

82e

މިނިވަންކަމާއެކު ސިޔާސީ ލީޑަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒު ގާއިމްކޮށްދެއްވައިފި: ނަޝީދު

ޔު

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

90

މާލޭ ސިޓީ ކައުންސިލްގެ އާ އިމާރާތުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

Ui

ޗައިނާ-ސައުތު އޭޝިއާ ފޯރަމްއާއި އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ނާޒިމް ޗައިނާއަށް

TTH_advertisement ELL Mobile Advertisement