ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ޣައްޒާގައި ގަތުލުއާންމު ހިންގުމާ ދެކޮޅު ސިފައިންނަށް ހަރުކަށި އިންޒާރެއް ނަތަންޔަހޫ ދީފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ގޮވާލާ ސިފައިންނަށް ހަރުކަށި އިންޒާރެއް ދީފައެވެ. މި އިންޒާރު ދިފައިވަނީ އިސްރާއީލުގެ ސިފައިންގެ ތެރެއިން ގިނަ ބަޔަކު ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ގޮވާލައި ސިޓީއެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުގެ ޗެނަލް 12 އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިސްރާއީލުގެ ކަނޑުގެ ސިފައިންނާއި އާމާޑް ކޯޕްސްގެ އެތައް ސަތޭކަ ސިފައިންނެއް ވަނީ ސިޓީއެއްގައި ސޮއިކޮށްފައެވެ. މި ސިފައިންގެ ތެރެއިން ގިނަ ބަޔަކު ދެކޭ ގޮތުގައި މިހާރު ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަކީ ސިޔާސީ މަޤްޞަދެއްގައި ހިންގާ ކަމެކެވެ. އަދި އެއީ ހަމައެކަނި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އަމިއްލަ މަޞްލަޙަތު ޙާޞިލުކުރުމަށް ކުރާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިޓީގައި ސޮއިކުރި މީހުން މަޤާމުން ވަކިކުރުމަށް ޑިފެންސް މިނިސްޓަރާއި އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ނިންމި ނިންމުމަށް ބޮޑުވަޒީރު ތާއީދުކުރައްވާ ކަމަށެވެ. ނަތަންޔާހޫ ވިދާޅުވެފައިވަނީ އަސްކަރިއްޔާ ބަލިކަށިކޮށް، ހަނގުރާމައިގެ ދުވަސްވަރު ދުޝްމަނުން ވަރުގަދަކުރާ އިބާރާތްތަކަކީ މާފުނުކުރެވޭނެ ވާހަކަތަކެއް ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް 50،846 ފަލަސްތީނު ރައްޔިތުން ޝަހިދުވެ، 115،729 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަލެއް އެއްލީ ކަމަށް ބުނެ ފަލަސްތީނު މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

އަބޫ އުބައިދާއަކީ އަސްލު ކާކުކަން ހާމަކޮށް، ހަމާސްގެ އަސްކަރީ ތަރުޖަމާނަކަށް އައުބޭފުޅަކު އައްޔަންކޮށްފި

މުޅި ހުޅަނގު އައްސޭރި ރެއިޑްކޮށް އިސްތިއުމާރީ ސިފައިންނާއި، ޔަހޫދީ ވަޒަންވެރިން ހިންގާ ޖަރީމާތައް ފުޅާކޮށްފި

ސްޕެއިންގެ ބޮޑުވަޒީރު ޕޯސްޓްކުރެއްވި މި ފޮޓޯއިން އިސްރާއީލުގެ ހިތަށް ވަރަށް ތަދުވެއްޖެ

TTH_advertisement