ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

L 2020 01 11 121127 nhp591tzsuy4fxqi2wgvbdja8c7eolkmr36 en
އައްޑޫ ލިންކް ރޯޑް — ފޮޓޯ: ސަން

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ އައްޑޫ ފޭދޫ ލިންކު ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގެ މައްސަލަ މިރޭ 7:29 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި ފޭދޫ، އުލްފަތު އިބްރާހިމް ސިޔާދު (36އ) އަނިޔާވެގެން ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި ގދ. ފިޔޯރީ، މާގޯލްޑް، މުހައްމަދު މާހިލް މުމްތާޒް (23އ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. އަދި އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ލ. މަންދޫގައި ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ރޭ ހިނގި އެކްސިޑެންޓެއްގައި ވެސް މީހަކު ވަނީ ނިޔާވެފައެވެ. އެ އެކްސިޑެންޓުގައި މިއަދު ހެނދުނު ނިޔާވީ ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް (30އ) އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް