ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރިއްކޮޅަށް ހިނގާ ޚަރަދަކީ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާއަކު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން މިކަމަށް ހިނގާ އެންމެ ކުޑަ ޚަރަދު ކަމަށް ރިޔާސީ ގަނޑުވަރުގެ މިނިސްޓަރު އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
އިޤްބާލް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ފަރިއްކޮޅަށް ހިނގާ ޚަރަދަކީ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާއަކު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން މިކަމަށް ހިނގާ އެންމެ ކުޑަ ޚަރަދުކަމަށެވެ.
އިގްބާލް ވަނީ މިފަދަ ދޮގު ހަބަރުތައް ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު