ރައްޔިތުންނަށް ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން، ތިނަދޫ ސިޓީގެ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އައިޖީއެމްއެޗްގެ އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްސަ ކޭމްޕެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެޕޮއިންޓްމަންޓް ހެދުމަށް 1555 އަށް ގުޅުއްވުން އެދެމެވެ.
މި ކޭމްޕް ކުރިއަށްދާނީ މި މަހުގެ 24 އިން 26 އަށެވެ. މި ކޭމްޕަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި، ޞިއްޙަތާބެހޭ ވުޒާރާއާއި، ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދާ ކޭމްޕެކެވެ.
ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި އޯ.ޕީ.ޑީގައި ބަލިމީހުންނަށް ފަރުވާދިނުމާއި، ފަސޭހަނުވެ ގިނަދުވަސްވެފައިވާ ފާރުގަނޑުތަކަށް ފަރުވާދިނުމާއި، ފަޅާނުލައި ކެމެރާ ބޭނުންކޮށްގެން ކުރާ ލެޕްރޮސްކޮޕިކް އޮޕަރޭޝަންތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކަފާލައިގެން ކުރާ އޮޕަރޭޝަންތަކާއި ނުފިލާ ހުންނަ ތަދުތަކަށް ފަރުވާދިނުމުގެ އިތުރުން، ޑޮކްޓަރުންނާއި ނަރުހުންނަށް މަޢުލޫމާތު ދިނުމާއި ތަމްރީނުދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ކޭމްޕުގައި އަންނަނިވި ދާއިރާތަކުގެ ޚާއްޞަ ޑޮކްޓަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ:
1. އާންމު އޮޕަރޭޝަންތަކާއި ވުންޑްކެއަރ
2. އާންމު އޮޕަރޭޝަންތަކާއި ލެޕްރޮސްކޮޕިކް އޮޕަރޭޝަންތައް
3. ކެންސަރުގެ އޮޕަރޭޝަންތައް
4. ޕްލާސްޓިކް، ރިކޮންސްޓްރަކްޝަން އަދި އެޑްވާންސްޑް ވުންޑްކެއަރ
5. ޔޫރޮލޮޖީ (ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތައް)
6. ގޮހޮރުގެ އަދި ބެރިއަޓްރިކް ސަރޖަރީ
7. އެނެސްތީސިއޮލޮޖީ އަދި ޕެއިން މެނޭޖްމަންޓް
8. ނިއުރޮސަރޖަރީ (ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތައް)
ކޮންމެ ޑޮކްޓަރަކަށް ދެއްކުމަށް އެންމެ ރަނގަޅު ޙާލަތްތަކުގެ ތަފްޞީލު މަޢުލޫމާތު ވަނީ ދެވިފައެވެ. މި ކޭމްޕަކީ ރައްޔިތުންނަށް ޚާއްޞަ ފަރުވާތައް ފަސޭހަކަމާއެކު ލިބިގަތުމުގެ ފުރުޞަތެއް ކަމުގައި ފާހަގަކުރެވެއެވެ.
މި ކޭމްޕުގައި ބައިވެރިވެ ވަޑައިގަންނަވާ ޑޮކްޓަރުންގެ ތެރެއިން ބައެއް ޑޮކްޓަރުންނަށް ދެއްކުމަށް އެންމެ ރަނގަޅު ޙާލަތްތައް ތިރީގައި މިވަނީއެވެ:
ޑރ. އިބްރާހީމް ޢާދިލް (އާންމު އޮޕަރޭޝަންތަކާއި ވުންޑްކެއަރ):
– ފަސޭހަނުވެ ގިނަ ޒަމާންވެފައިވާ ފާރުގަނޑުތައް
– ގައިގައި ނަގާފައި ހުންނަ ދުޅަތަކާއި ކުދި އޮޕަރޭޝަންތައް ކުރަން ބޭނުންވާ ފަރާތްތައް
– އާންމު އޮޕަރޭޝަންތަކާ ގުޅޭ ބަލިތައް ހުންނަ ފަރާތްތައް
ޑރ. ޢަބްދުﷲ ޢުބައިދު (އާންމު އޮޕަރޭޝަންތަކާއި ލެޕްރޮސްކޮޕިކް އޮޕަރޭޝަންތައް):
– އާންމު އޮޕަރޭޝަންތަކާ ގުޅޭ ހުރިހާ ޙާލަތްތައް
– ހިތުގައި ހިލަ އުފެދުން، ބަނޑުގެ ހާނިޔާ، އުރަމަތީގެ ގަނޑުލުން، ތައިރޮއިޑް ދުޅަވުން
– ފުރަގަހުގެ ބަލިތައް، ފައިގެ ލޭނާރުތައް ދުޅަވުން
– އެންޑޮސްކޮޕީ ނުވަތަ ކޮލޮނޮސްކޮޕީ ހެދުމަށް ލަފާދެވިފައިވާ ފަރާތްތައް
ޑރ. މުޙައްމަދު ޝިފާން (ކެންސަރުގެ އޮޕަރޭޝަންތައް):
– ކެންސަރުގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ ބަލިމީހުން
– ޢާއިލާގައި ކެންސަރުގެ ބަލި ހުރި ފަރާތްތަކުގެ ޢާއިލާ މެންބަރުން
– ކެންސަރު ބަލީގައި ފަރުވާ ހޯދާފައިވާ ބަލިމީހުން
– ކެންސަރު ބަލީގެ ފަހު މަރުޙަލާތަކުގައިވާ ފަރާތްތައް
މި ކޭމްޕަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭއްވޭ މިފަދަ ކޭމްޕްތަކުގެ ތެރެއިން އެއް ކޭމްޕެވެ. މިގޮތުން، މިއަހަރުގެ ޖަނަވަރީ މަހު ވަނީ ލަންކާގެ ބިޒްނަސް ކައުންސިލާއި ފަރެސްމާތޮޑާ ކައުންސިލް ގުޅިގެން އެ ރަށުގައި އައި ކޭމްޕެއްވެސް ބާއްވާފައެވެ.
މި ކޭމްޕަކީ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފަސޭހަކަމާއެކު ލިބިގަތުމުގެ ފުރުޞަތެއް ކަމަށްވުމާއެކު، ޚާއްޞަ ފަރުވާއެއް ބޭނުންވާ ފަރާތްތަކުން މި ފުރުޞަތުގެ ބޭނުން ހިފުމަށް އިލްތިމާސް ކުރަމެވެ. މީގެ ކުރިން ވެސް އެހޮސްޕިޓަލުންވަނީ ޓުރީޓޮޕް ހޮސްޕިޓަލާއި އެކުވެސް މިފަދަ ޕޮރުގުރާމްތަށް ކުރިއަށް ގެންގޮސްފައެވެ.