ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭ ކެފޭއެއްގައި ހިނގި މާރާމާރީއަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފޭސް 1 ގައި ހުންނަ ކެފޭއެއްގައި ހިނގި މާރާމާރީއަކާ ގުޅިގެން ބިދޭސީއެއް ހައްޔަރުކުރެވިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، މި މާރާމާރީ ހިނގާފައިވަނީ ނޭޕާލް އަދި ބަންގްލަދޭޝްގެ ދެ ފިރިހެނުންގެ މެދުގައެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރެވިފައިވަނީ ރޭ 22:08 ގައެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، މި މާރާމާރީގައި ބަންގްލަދޭޝްގެ ރައްޔިތާއަށް އަނިޔާވެފައިވީ ނަމަވެސް، އެއީ ސީރިއަސް އަނިޔާތަކެއް ނޫނެވެ. މި ހާދިސާއާ ގުޅިގެން ނޭޕާލްގެ ރައްޔިތާ ވަނީ ހައްޔަރުކުރެވިފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުލުހުންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި