ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭ ކެފޭއެއް ބަލައި ފާސްކޮށް ބަނގުރަލާއެކު ދެ ބިދޭސީ އަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގަމުންދިޔަ ކެފޭއެއް ބަލައި ފާސްކޮށް ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ބަންގްލަދޭޝް ދެ ރައްޔިތަކު ވަނީ ހައްޔަރުކުރެވިފައެވެ. އެއީ އެމްޑީ ރާޖް ރައްޒާކް (29 އަހަރު) އާއި މުހައްމަދު ތަރީގުލް (25 އަހަރު) އެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި އިންވެސްޓިގޭޝަން ޓީމް ގުޅިގެން ހިންގި އިޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ ގެއެއްގައި ހުރި ޓޭކްއަވޭ ތަނެއް ބަލައި ފާސްކުރިއިރު ބަނގުރާކަމަށްބެލެވޭ އެއްޗެއްހުރި ފުޅިއަކާއި، ނެނޯ ސްޓިކް އަދި ކާޓްރިޖް ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުލުހުންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި