ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބު ރައީސަކަށް ޝިފްލާ އިންތިހާބު ކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސްގެ މަޤާމަށް ޝިފްލާ އިބްރާހިމް އިންތިޚާބުވެއްޖެއެވެ.

މި މަޤާމަށް ޝިފްލާ އިންތިޚާބުވެފައިވާކަން އަންގައިދެމުން، ބްރޯޑްކޮމުން މިއަދު އޭނާއަށް މަރުޙަބާ ކިޔާފައިވެއެވެ. ޝިފްލާ ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނުކުރެވުނީ 2021 ވަނަ އަހަރުއެވެ.

ޝިފްލާއަކީ ދައުލަތުގެ މީޑިއާ، ޓީވީ މޯލްޑިވްސްގައި ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ، ބްރޯޑްކާސްޓިންގ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ޓީވީ ހޯސްޓެވެ. އޭނާ ވަނީ ގިނަ އަހަރުތަކެއް ވަންދެން ޓީވީ މޯލްޑިވްސްގައި ޚަބަރު ކިޔައިދީފައެވެ.

ދިވެހިންގެ މެދުގައި އެންމެ މަޝްހޫރުވި ބައެއް ޕްރޮގްރާމްތައް ޝިފްލާ ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި “ދިވެހީންނާއި މިއުޒިކު” އަދި “ފިލްމީ އުދަރެސް” ފަދަ ޕްރޮގްރާމްތައް ފާހަގަކޮށްލެވެއެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަޤާމު ހުސްވީ، އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަޒީން އިސްތިއުފާ ދެއްވީ، ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައިވަނިކޮށެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅީ، ބްރޯޑްކޮމްގެ އަންހެން މުވައްޒަފަކަށް ފަޒީން ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކުރެވޭ މުވައްޒަފެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބްރޯޑްކޮމްއިން ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ސާވާއަށް ގެއްލުންދިން ކަމަށް ނިންމައި، ބްރޯޑްކޮމްގެ އައިޓީ އޮފިޝަލު ވަކިކޮށްފި

ޒަމްއަތު ބްރޯޑްކޮމްއަށް އައްޔަންކުރަން ރުހުންދީފި

Xee

ބްރޯޑްކޮމްގެ އެސްޖީ މަގާމުން ވަކިކޮށްފި

TTH_advertisement