ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާމިގިލީ ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Ads_mulhiraajje

އދ. މާމިގިލީގައި ފުލުހުންގެ އައު މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް ފެށިއްޖެއެވެ.

އަރިއަތޮޅު ދެކުނުބުރީ މާމިގިލީގައި ފުލުހުންގެ އައު މަރުކަޒެއް ޤާއިމުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތާއި ވިލާ ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވި، މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވިއްޖެއެވެ.

މި މުހިންމު ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް ޢަލީ ޝުޖާޢު އެއްބަސްވުމުގައި ސޮއިކުރައްވައި، މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވިއެވެ. ވިލާ ފައުންޑޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފައުންޑޭޝަންގެ ޗެއަރމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހީމެވެ.

Maldivian_Ads

މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ މަރުކަޒުގައި އިދާރީ އޮފީހުގެ އިތުރުން، ފުލުހުންގެ ދިރިއުޅުމުގެ ޚާއްޞަ އިންތިޒާމުތަކާއި ކެއުމުގެ ވަސީލަތްތައް ހިމެނޭނެއެވެ. މި މަރުކަޒު ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައެވެ.

މި މަރުކަޒަކީ ވިލާ ފައުންޑޭޝަންގެ ޗެއަރމަން އަލްފާޟިލް ޤާސިމް އިބްރާހީމްގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރެވޭ މުހިންމު ވަސީލަތެކެވެ. މި މަރުކަޒު ޤާއިމުކުރެވުމުން، މާމިގިލީގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާވެ، ރަށުގެ ސަލާމަތާއި ރައްކައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzu qasim

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ޤައުމުގެ އަމާންކަމާއި މަސްލަހަތު ދެމެހެއްޓޭނެ: ޤާސިމް

ޤާސިމްގެ ބައްޕާފުޅުގެ ނަމުގައި، މާމިގިލީގައި ބިނާކުރި މިސްކިތް ’މަސްޖިދު އިބްރާހިމް‘ ހުޅުވައިފި

ހަމައެކަނި ވާދަކުރާނީ މާމިގިއްޔަށް، އެހެން ދާއިރާތަކަށް ތާއީދުކުރާނީ ކޮންގުރެސްއަށް: ޖުމްހޫރީ ޕާޓީ

Muizzu qasim

ރައީސް ވަނީ ތަޢުރީފް ހައްގު މަސައްކަތްތަކެއް ކުރައްވާފައި: ޤާސިމް