ކުއްލި ޚަބަރު

ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ ދެ މަސް ބޯޓު ހިފަހައްޓައިފި

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ހަފްތާ ބަންދުވެސް މޫސުން ގޯސް: މެޓް

ފޮރިން މިނިސްޓަރު ހަލީލު ތުރުކީއަށް ވަޑައިގެންފި

khaleel-minister
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ތުރުކީއަށް ވަޑައިގެންނެވުން — ފޮޓޯ: މިނިސްޓަރު ހަލީލު، އެކްސް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ތުރުކީއަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ހަލީލު ތުރުކީއަށް ފުރާވަޑައިގަތީ ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާންގެ ދައުވަތަކަށް އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކަމަށެވެ.

“ރީކްލެއިމިން ޑިޕްލޮމަސީ އިން އަ ފްރެގްމެންޓެޑް ވޯލްޑް” ގެ ޝިއާރުގެ ދަށުން އެ ފޯރަމް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް އަންތާލިއާގެ ނެސްޓް ކޮންވެންޝަން ސެންޓަރުގައެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ފޯރަމްގައި “ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް” ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގެން، އެ ފޯރަމުގައި ބައިވެރިވާ ގައުމުތަކުގެ މިނިސްޓަރުންގެ ހަވާސާގައި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ހަލީލު، އަންތާލިއާ ޑިޕްލޮމަސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގުވާމީ އަދި ސަރަހައްދީ ގޮންޖެހުންތައް ހައްލުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކޮށް މަޝްވަރާއާއި އެއްބާރުލުންދޭކަން ހާމަވެގެންދާ ކަމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

55

އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެންނަން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

ތުރުކީ އަސްކަރިއްޔާގެ ވައިގެ އުޅަނދެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ ފޮނުއްވައިފި

ސިޔާސީ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެއާއި މިޞްރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

TTH_advertisement