ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިއާގެ އެހީގައި އަށް ސްކޫލެއް އިމާރާތްކުރަނީ، ދެ ސްކޫލު ހުޅުމާލޭގައި

366534 e0dbde80 b
މަޖީދިއްޔާ ސްކޫލުގެ ‘ސައްތަވީ ބިނާ’ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ — ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ އެހީގައި ރާއްޖޭގައި އަށް ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

“ރައްޔިތުންނާއެކު” ޕޮޑްކާސްޓް ޕްރޮގްރާމްގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިންޑިއާގެ ލައިންއޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން ބައެެއް ސްކޫލްތަކުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

އިންޑިއާގެ އެލްއޯސީގެ ތެރެއިން ހަދާ އަށް ސްކޫލުގެ ތެރެއިން ދެ ސްކޫލު އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށާއި ހުޅުމާލޭގެ އެ ދެ ސްކޫލުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިންޑިއާގެ އެލްއޯސީގެ ދަށުން ތައުލީމީ ދާއިރާއިން ކުރިއަށްގެންދަނީ 70 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށާއި އެ މަސައްކަތްތަކާއެކު ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއް ހައްލުވެގެންދާނެ ކަަމަށެވެ.

އިންޑިއާގެ އެހީގައި ދެން އިމާރާތްކުރަން ހަމަޖެހިފައިވާ ސްކޫލުތަކުގެ ތަފްސީލުތަކެއް ރައީސް މިއަދު ދެއްވައިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް