ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިނގިރޭސިވިލާތު ދަތުރަށް ހަރަދުވީ ދޮޅު ލައްކައެއްހާ ރުފިޔާ: ރައީސް

396855 646eeba8 5
އިނގިރޭސިވިލާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމްގައި — ފޮޓޯ: ރައީސް އޮފީސް

އިނގިރޭސިވިލާތުގެ ލިވަޕޫލަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ ދޮޅު ލައްކައެއްހާ ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

“ރައްްޔިތުންނާއެކު” ޕޮޑްކާސްޓް ޕްރޮގްރާމްގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރެއްވުމަށް މިމަހުގެ 1 އިން 5 ގެ ނިޔަލަށް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކީ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް މުހިންމު ދަތުރުފުޅެއް ކަމަށާއި ފަތުރުވެރިކަމަށް މިވަގުތު ރާއްޖެއަށް ދެވަނައަށް އެންމެ ބޮޑު މާކެޓު ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ބަލާ ފުޓުބޯޅަ ލީގުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެގްރީމަންޓަކަށް ގޮސްފައިވާނީ މިވަގުތު އިނގިރޭސިވިލާތުގެ ޗެމްޕިއަނަކަށްވުމުގެ އެންމެ ބޮޑު ފުރުސަތު އޮތް ޓީމު، ލިވަޕޫލާއެކު ކަމަށާއި އެ ދަތުރުގައި ބައިވެރިވި އެންމެންގެ ހަރަދުތައް ހަމަޖައްސާފައިވާނީ ސްޕޮންސާޝިޕުން ކަމަށެވެ.

“ސަރުކާރުން މާބޮޑު ހަރަދެއް ނުކުރަން. ޕްރައިވެޓް ސެކްޓާ ސްޕޮންސާޝިޕްގައި ހުރިހާ ހަރަދެެއްހެން ކޮށްފައިވަނީ. ހަމައެކަނި ދޮޅު ލައްކައެއްހާ ރުފިޔާ ހަރަދުވީ، އެއީ އަޅުގަނޑުގެ ޓިކެޓަށް ދިޔަ އެއްޗެއް. ދެން އެހެން ހުރިހާ މީހުންގެ ޓިކެޓާއި ހުރުމާއި، ޖުމުލަކޮށް ހުރިހާ ހަރަދެއް ކުރީ ޕްރައިވެޓް ސެކްޓާ ފަންޑިންގެ ތެރެއިން ސްޕޮންސާޝިޕްގެ ދަށުން،” ރައީސް ވިދާޅުވިއެވެ.

ލިވަޕޫލަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ވަނީ، ލިވަޕޫލް ފުޓްބޯލް ކްލަބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން، ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް