ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަރިވަރުން ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހޭ މައްސަލަ ހައްލުކޮށްދޭނަން: ރައީސް

ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ޑޮލަރު ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަސްމީ ބޭންކު ރޭޓުގައި ޑޮލަރު ނުލިބުމެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މިނިސްޓަރ އޮފް ފިނޭންސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރާ އެކު މަޝްވަރާތައް ފަށާފައިވެއެވެ. އަދި މި މައްސަލައަށް ހައްލު ހޯދުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމުގައި ވިދާޅުވިއެވެ.

“ރާއްޖޭގެ އިޤްތިޞާދަށް ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުން މި ގެންދަނީ،” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައެވެ. އަދި އެ ދަރިވަރުންނަށް ދިމާވާ ދަތިތައް އޮޅުންފިލުވައި، އެ ކަންކަމަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވިއެވެ.

މިހާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 1,650 ދިވެހި ދަރިވަރުން ލޯނު ނަގައިގެން އެކި ޤައުމުތަކުގައި މަތީ ތަޢުލީމު ޙާޞިލުކުރަމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ