ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ގަސް އިންދުމުގެ ހަރަކާތެއް ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްދާއިރު، އެ ހަރަކާތްތަކުގެ ތެރެއިން ތިމާވެށި ރައްކާތެރިކުރުމަށް އަމާޒުކޮށްގެން ގަސް އިންދުމުގެ މުހިންމު މަސައްކަތެއް ފެށިގެން ގޮސްފިއެވެ.

އދ. މާމިގިލީގައި މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް ޢަލީ ޝުޖާޢުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް ފަރުހާދު ފިކުރީއާއި، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހީމްގެ އިތުރުން ފުލުހުފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތުގެ ދަށުން މާމިގިލީގައި 10 އަނބުގަސް އިންދުނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ހުރިހާ ރަށެއްގައިވެސް މޭވާ ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގައި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން ބައިވެރިވާނެއެވެ.

މީގެ އިތުރުން، އަހަރީ ދުވަހާ ގުޅުވައިގެން ހިންގޭ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި މުވައްޒަފުންގެ ލޭ ހަދިޔާކުރުމުގެ ކެމްޕޭނެއް މާރިޗު މަހުން ފެށިގެން ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ އަހަރީ ދުވަހަކީ މާރިޗު މަހުގެ 29 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުލުހުންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި