ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާޗް މަހު އެކަނި ވެސް ވޭޕް ޖޫރިމަނާ ލައްކައަކަށްވުރެ މަތީގައި!

Ed

ވޭޕާ ގުޅޭ މައްސަލަތަކުގައި މިދިޔަ މާޗް މަހު އެކަނިވެސް 123،000 ރުފިޔާގެ ޖޫރިމަނާކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ ނިމިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށް 27 މީހެއް ޖުމްލަ 123،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ވޭޕް ބޭނުންކުރުމުން ޖޫރިމަނާކުރި އަދަދަކީ 82،000 ރުފިޔާއެވެ. ވޭޕް ގެންގުޅުމުން ޖޫރިމަނާ ކުރި އަދަދަކީ 41،000 ރުފިޔާއެވެ.

މިދިޔަ މަހުގެ ތެރޭގައި ވޭޕާއި ސިނގެރޭޓާއި ދުންތަފާއި ގުޅުންހުރި ބާވަތްތައް އެތެރެކޮށް ވިޔަފާރިކޮށްގެން ހަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދިވެހިރާއްޖޭގައި ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވައިފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީ-ސިނގިރޭޓާއި ވޭފް ބޭނުން ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާ އަދި ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

މޯޗަރީ ކައިރީ ހުރި ގެއެއްގައި އަލިފާން ރޯކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Mussss

ލޯންޗު އެކްސިޑެންޓްގައި އަތްބުރިވި މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް

66

ފްލައިޓް ތެރޭގައި ހަމަނުޖެހުން ހިންގި މީހާ ދޫކޮށްލައިފި

police

ޖިންސީ ކުށެއްގައި ދެ ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފި