ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޔާގެ ހުރިހާ ފްލެޓެއްގައި އިތުރު ލިފްޓު ހަރުކޮށް މި އަހަރު ނިމޭނެ: އެޗްޑީސީ

Hiyy
ހިޔާގެ ބައެއް ޓަވަރުތައް — ފޮޓޯ: އަވަސް

ހިޔާގެ ހުރިހާ ފްލެޓެއްގައި އިތުރު ލިފްޓު ހަރުކޮށް މި އަހަރު ނިމޭނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ވަނީ ތިން ޓަވަރެއްގައި ހަރުކޮށްފައިވާ ލިފްޓުތައް މީޑިއާއަށް މިއަދު ދައްކާލާފައެވެ. އެ ކުންފުނިން ބުނީ އަންނަ މަހުގެ 12ގައި އެ ލިފްޓްތައް ބޭނުން ކުރަން ފަށާނެ ކަމަށެވެ.

އެ ލިފްޓްތައް ބެހެއްޓީ ހިޔާ ފްލެޓުގެ ޓަވަރު 1، 2 އަދި 3 ގައެވެ. އެ ލިފްޓްތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ބެހެއްޓި ލިފްޓްތަކެކެވެ.

އެ ތިން ޓަވަރުގައި ހަރުކުރި ލިފްޓުތައް މިހާރު ވަނީ ޓެސްޓު ކުރަން ފަށާފައެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެވެ. އެ މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާނެއެވެ. ހިޔާގެ 16 ޓަވަރު ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރުކުރާނެއެވެ. އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖާ އަދި ސްޓްރެޗާ ލިފްޓެކެވެ.

އެ  މަޝްރޫއުގެ އަގަކީ 18 މިލިއަން ޑޮލަރު (278.3 މިލިއަން ރުފިޔާ) އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

hiyaa flats

ސޯޝަލް ހައުސިން ކުއްޔަށް ދިނުން ހުއްޓުވުމަށް ގާނޫނަށް ބަދަލު ގެންނަނީ

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި