ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް ހުޅުވާލި ޕޯލްގެ ނަތީޖާ: ގިނަ މީހުން އެދުނީ 2000އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާކުރުމަށް

387946 1b318cc6 5

ދުންފަތް މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގިނަ ރައްޔިތުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށްކަމަށް ޚިޔާލު ހޯދުމުގެ ޕޯލުން ދައްކައިފިއެވެ.

މިއީ ރައީސް މުއިއްޒު އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ހުޅުވާލި ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލަ ހައްލުކުރުމަށް “ޖެނެރޭޝަން ބޭން” އެއް މުހިންމުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިރާސާކުރުމަށްފަހު ކެބިނެޓް ކަރުދާހެއް ތައްޔާރުކުރެއްވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމަށް އެމަނިކުފާނު ވަނީ އިރުޝާދު ދެއްވާފައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާ ކަޑައެޅުން މުހިންމުކަމަށް އެފާހަގަކުރައްވާ ރައީސް މުއިއްޒު އާންމުންގެ ޚިޔާލަށް ހުޅުވާލި ޕޯލުގައި، ދުންފަތުން ސަލާމަތް ކުރުމަށް ގާނޫނެއް ހެދުމަށް ނިންމަވާފައިވަނީ 2000ވަނަ އަހަރުން ފެށިގެން ނުވަތަ 2004ވަނަ އަހަރުން ފެށިގެން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށެވެ.

މި ތިން އުމުރުފުރާއާ ގުޅޭގޮތުން ޢާންމުގެ ޚިޔާލަށް ޕޯލް ހުޅުވާލެއްވީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެ ޕޯލުގެ ވަގުތު މިއަދު މެންދުރު 3:12ގައި ހަމަވެފައިވާއިރު ޕޯލްގެ ނަތީޖާ ދައްކާގޮތުން ގިނަ ރައްޔިތުން އެދެނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތާއި ދުންފަތުގެ އުފެއްދުންތައް މަނާކުރުމަށެވެ.

ރައީސް މުއިއްޒު އެކްސްގައި ހުޅުވާލި ޕޯލަށް 5500 އަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާއިރު %51.1 މީހުން ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ. ފޭސްބުކްގައި ހުޅުވާލާފައިވާ ޕޯލަށް 5000އަށްވުރެ ގިނަ މީހުން ވޯޓު ދީފައިވާއިރު %72 މީހުން ވަނީ 2000 ވަނަ އަހަރު ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ބޭނުންވާކަން ހާމަކޮށްފައެވެ.

އަދި އިންސްޓަގްރާމްގައި ހުޅުވާލި ޕޯލްގައި %45 މީހުން ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ.

ރާއްޖޭގައި ތުންފަތުގެ ވިޔަފާރިކުރުން ހުއްޓާލަން ރައީސް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

S Shaam
2025 in feshigen ufanvaakudhinn bunin manaakohfa hurun rangalhu

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް