ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ފަސް މިލިއަން ގަސް ޕްރޮގްރާމް: މިހާތަނަށް 498،968 ގަސް އިންދާފައިފި

988

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށްވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 498،968 ގަސް އިންދާފައިފިއެވެ.

ފަސް މިލިއަން ގަސް ރާއްޖޭގައި އިންދުމުގެ މަޝްރޫއު ފައްޓަވާނެ ކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ 2023 ވަނަ އަހަރު ދުބާއީގައި ކުރިއަށް ދިޔަ ކޮޕް28 ބައްދަލުވުމުގައިއެވެ.

މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހާ ދިމާކޮށް އެ މަޝްރޫއު ވަނީ ރަސްމީކޮށް ފަށާފައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކުން އަންނަނީ އެ ޕްރޮގްރާމަށް އެއްބާރުލުންދީ ގަސް އިންދަމުންނެވެ.

އެންވަޔަރަމެންޓު މިނިސްޓްރީން މިއަދު ބުނީ ކުންފުނިތަކާއި މުއައްސަސާތަކުން މިހާތަނަށް ވައުދުވެފައިވާ ގޮތުން 5.2 މިލިއަން ގަސް އިންދޭނެ ކަމަށެވެ.

އެޗްޑީސީ އާއި އެމްޕީއެލް އިން ޖުމްލަ ދެ މިލިއަން ގަސް އިންދަން ވަނީ ހަމަޖެހިފައެވެ. އަދި ރީޖަނަލް އެއާޕޯޓްސް ކުންފުނިން 600،000 ގަސް އިންދަން ނިންމާފައިވާއިރު، ސްޓެލްކޯ އިން  500،000 ގަސް އިންދަން ވަނީ ހަމަޖެހިފައެވެ. އަދި އެސްޑީއެމް ފާމުން 750،000 ގަސް އިންދާނެއެވެ. ހަމައެހެންމެ އެހެން މުއައްސަސާތަކާއި ޖަމިއްޔާ އަދި ކުންފުނިތަކުން ޖުމްލަ 1.3 މިލިއަން ގަސް އިންދާނެއެވެ.

މިއީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ލާބަ އާއި މަންފާއަށްޓައި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގްރީންހައުސް ގޭހުގެ މިންވަރު އަންދާޒާކުރުމާ ގުޅޭ ޚާއްސަ ތަމްރީނެއް ކުރިއަށްގެންގޮސްފި

އުތުރުގެ ބާރަ ރަށެއްގައި ގްރީން ހައުސް ގާއިމްކޮށްފި

Haiii

ހައިވަކަރު ގަސްތައް ހަވާލުކުރަން ފަށައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާންމުންނަށް ވަދެވޭ ގޮތަށް ޚާއްޞަ ނާސަރީއެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމައިފި

TTH_advertisement