ކުއްލި ޚަބަރު

އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމު ނިންމާލައިފި

މީޑިއާ ރެގިއުލޭޝަންގެ ބިލު ރައީސް ތަޞްދީޤު ކުރަށްވައިފި

އަކްރަމް ކަމާލުއްދީނާއި ޢާރިފްގެ މައްޗަށް ދަޢުވާކޮށްފި

ސަޢުދީއާއެކު ގުޅުން އިތުރަށް ބަދަހިކުރަން ބޭނުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަޢުދީ އަރަބިއްޔާއާއެކު ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި މިއަދު ވިދާޅުވެއްޖެއެވެ.

މި ބަސްފުޅުތައް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަޢުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، އަލްއުސްތާޛު މަތުރެކް ބިން ޢަބްދުﷲ އަލް އަޖަލިން އައްދުސާރީއާ އެކު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި އަލްވަދާޢީ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ، ސަޢުދީ ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ދެއްވެވި އިސްކަމާއި އަހައްމިއްޔަތުކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު ދެންނެވިއެވެ. އަދި ސަފީރުގެ މަސައްކަތްޕުޅުތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދިޔަކަން ފާހަގަކުރައްވައި، ސަފީރުގެ މުސްތަޤުބަލީ މަސައްކަތްޕުޅުތަކުގައި ކާމިޔާބަށް އެދިވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަޢުދީ އަރަބިއްޔާއަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއިން އަބަދުވެސް އެ ޤައުމާއެކު ގާތް ގުޅުމެއްގައި މަސައްކަތްކުރަމުން ގެންދާނެކަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މިދިޔަ މެއި މަހު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގަތުމުން ސަޢުދީ ސަރުކާރުން ދެއްވި ހޫނު މަރުޙަބާއާއި، އަދާކުރެއްވި މެހެމާންދާރީއަށް އަދި ދެއްކެވި އެކުވެރިކަމަށް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ނެޝަނަލް ޕޮލިސީ އޮން އޭޖިން” އިފްތިތާހްކޮށްފި

420166 98146565 e

މަޑިފުށީގެ އިޚްތިޞާޞްގައި އުފުރިޔާއާއި ކޮޅުފުށި ހިމަނުއްވައިފި

އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމު ނިންމާލައިފި

420166 98146565 e

މީޑިއާ ރެގިއުލޭޝަންގެ ބިލު ރައީސް ތަޞްދީޤު ކުރަށްވައިފި

TTH_advertisement