ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

އައްޑޫ ސަވާހިލިގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލައިފި

އައްޑޫ ސިޓީ ކައުންސިލުން ސަވާހިލިގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަވާހިލި ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ރާއްޖެއާއި ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވެއެވެ.

ސަވާހިލި ތަރައްޤީކުރުމުގެ ބީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ދިވެހި ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 15,000 ރުފިޔާއަށެވެ. އަދި ބޭރުގެ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކާނީ 1,000 އެމެރިކާ ޑޮލަރަށެވެ.

އައްޑޫ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ސަވާހިލި ފަތުރުވެރިކަމަށް ހުޅުވާލުމުގެ މަޤްޞަދަކީ އައްޑޫގައި މިހާރު ހިންގަމުންދާ ފަތުރުވެރިކަމުގެ ވަސީލަތްތަކަށް ޚާއްޞަ މެނޭޖްމަންޓް ފެސިލިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމެވެ. މިގޮތުން، މަދުވެގެން 10 ކޮޓަރި އެ ރަށުގައި ހުންނަންޖެހޭނެއެވެ. މީގެ އިތުރުން، ރެސްޓޯރަންޓެއް، ބާއެއް، އިންޑޯ/އައުޓްޑޯ ކުޅިވަރު ވަސީލަތްތަކެއް، ކަނޑުގެ ކުޅިވަރު މަރުކަޒެއް، ސްޕާ/ވެލްނެސް ސެންޓަރެއް، ފެންވަޅެއް އަދި އެހެނިހެން ފަތުރުވެރިކަމުގެ ވަސީލަތްތައް ސަވާހިލީގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަށެވެ.

ބިޑް ޑޮކިއުމަންޓް ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ޕްރީ-ބިޑް ބައްދަލުވުމެއް 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މަޖާޒީ (ވާޗުއަލް) ގޮތުން ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ބީލަމުގެ ލިޔެކިޔުންތައް ގަތް ފަރާތްތަކާ ބައްދަލުވުމުގެ ލިންކް ހިއްސާކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dd

ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ނިންމައިފި

އައްޑޫ ހިތަދޫގައި މިސްކިތަކަށް ގެއްލުންދިން މައްސަލަ ބަލާ ފިޔަވަޅު އަޅާނެ: ޝަހީމް

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން 30 މެގަވޮޓްގެ ބިޔަ މަޝްރޫއެއް ފަށަނީ: ރައީސް

ހަންކެޑެގައި އައު މަޝްރޫއެއް ހިންގަން ފުރުސަތު ދިނީ ތުރުކީގެ ކުންފުންޏަކަށް: ރައީސް

TTH_advertisement