ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެއިން ކަރަންޓް މެދު ކެނޑިދާނެ: ސްޓެލްކޯ

މާލެސިޓީ، ހުޅުމާލޭގެ ފޭސް 1 ގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރު ކަރަންޓު ކެނޑުން އެކަށީގެންވާކަމަށްސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިހެން ވިދާޅުވީ އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ސްޓެލްކޯއިން ވިދާޅުވެފައިވަނީ ހުޅުމާލެ ފޭސް 1ގެ ހަނދުވަރީ ހިނގުން އަދި ރީތިގަސް މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 15:00 އިން 15:30 އާއި ދެމެދު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެއިތުރުން ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ބޮޑުތަކުރުފާނު މަގު، ހިޔަލީ ގޯޅި، ރޯޝަނީ މަގު އަދި ވަޔޮލެޓް ހިނގުން ހިމެނޭ ސަރަހައްދުންވެސް މާދަމާ ކަރަންޓް ހިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މާދަމާ (09 އޭޕްރީލް) ވާ ބުދަ ދުވަހު މާލެއިން ކަރަންޓް ހިދުމަތް ކެނޑޭނެ ވަގުތަކީ ހެނދުނު 09:30 އިން 11:30 އާއި ދެމެދުއެވެ.

މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ އާއްމުންގެ ކިބައިން މައާފަށް އެދިވަޑައިގަންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތަށް ހަދައިފި

Oo

ބީއެމްއެލް ހައުސިން މަޝްރޫޢުގެ ތެރޭގައި ހިމެނޭ ސީއެމްއީސީގެ ފަރާތުން އިމާރަތް ކުރާ 1224 ޔުނިޓުގެ މަސައްކަތް ފަށައިފި

78

ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި