ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މޯލްޓާއާއެކު މަޝްވަރާކޮށްފި

STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖެއާއި މޯލްޓާގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ހަރުދަނާކުރުމަށްޓަކައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަޝްވަރާތައް ބޭއްވުނީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މޯލްޓާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ އަދި ފަތުރުވެރިކަމުގެ ވަޒީރު ޑރ. އިއަން ބޯގްއާއެކު ބޭއްވުނު ބައްދަލުވުމުގައި، ދެ ޤައުމުގެ މެދުގައި ހުރި އެއްގޮތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި، މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.

ކުދި ޖަޒީރާ ޤައުމުތަކެއްގެ ހައިސިއްޔަތުން، ތިމާވެށީގެ ދާއިރާއިން، ޚާއްޞަކޮށް އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި ގުޅިގެން މަސައްކަތްކުރުމަށާއި، ވިޔަފާރީގެ އައު ފުރުޞަތުތައް އުފެއްދުމަށް މަގުފަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތްކުރުމަށް ދެ ފަރާތުން އެއްބަސްވިއެވެ.

HajjCop_ads
Advertisement

ފަތުރުވެރިކަމާއި މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ހަރުދަނާކޮށް، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަށްވެސް ދެ ވަޒީރުން އަލިއަޅުވާލެއްވިއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި މޯލްޓާގެ ކެބިނެޓުގެ އިތުރު ބައެއް ވަޒީރުންނާވެސް ބައްދަލުކުރައްވައި، ދެ ޤައުމު ގުޅިގެން ކުރިއަށް ގެންދެވިދާނެ މަޝްރޫޢުތަކާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Foreign ministry

އިނގިރޭސިވިލާތުގެ ވިސާ މާލޭގައި ތިބެގެން ނެގޭނެ ވަގުތީ އިންތިޒާމެއް ހަމަޖައްސައިފި

dr abdulla khaleel

ނަފްރަތާއި ފަސާދަ އުފައްދާއިރު އެކަން ބެލެންވާނެ: ޚަލީލް

އދ ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފި

އިދިކޮޅުން މަސައްކަތްކުރަނީ ތަރައްޤީއަށް ދޭ އެހީތައް ހުއްޓުވާލުމަށް: ޚަލީލް