ކުއްލި ޚަބަރު

ދެ ދޯންޏެއް ޖެހި އެކްސިޑެންޓެއް، އެއް ދޯނި ދިޔައީ އަޑިއަށް

މިސްކިތްތަކުގައި ހިފްޒުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން އިއުލާންކޮށްފި

ދަރިފުޅަށް ޖިސްމާނީ އަދި ޖިންސީ އަނިޔާ ދިން މަންމައަކު ހައްޔަރުކޮށްފި

ގައުމުތަކުން އެއްބައިވެ، ސުލްހަ އާއި އިންސާފު ދިފާއުކުރުމަށް އަބްދުއްރަހީމް ގޮވާލައްވައިފި

P4dcy2rcvpnakovldujadqpqfwtkfwhymyy9mggx
އިންޓަ ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގެ ހަވާސާގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯކްގެ ހަތަރުވަނަ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވާހަކަދައްކަވަނީ — ފޮޓޯ: މަޖިލިސް

ނަން-އެލައިންޑް މޫވްމެންޓް (ނާމް)ގެ މެންބަރު ގައުމުތަކުން އެއްބައިވެ، ސުލްހަ އާއި އިސްތިގުލާލާއި އިންސާފު ދިފާއުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަ ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގެ ހަވާސާގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯކްގެ ހަތަރުވަނަ ކޮންފަރެންސްގެ “ބަންޑުންގް އުސޫލުތަކަށް 70 އަހަރު ފުރުން: ބަންޑުންގް އުސޫލުތައް ދެމެހެއްޓުމުގައި މަޖިލިސްތަކުގެ ދައުރު” މައުޟޫއަށް ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ބަންޑުންގް އުސޫލުތައް ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައިފައެވެ.

އަބްދުއްރަހީމް ވަނީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލާއި، ބައިނަލްއަގުވާމީ އެއްބާރުލުމުގެ އަގުތައް ދެމެހެއްޓުމަށް ޕާލިމެންޓަރީ ފިޔަވަޅުތަކެއް އަލުން އެޅުމަށް ގޮވާލައްވައިފައެވެ. އަދި މިއަދުގެ ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގައި، ނުފޫޒު ނުފޯރުވުމާއި، ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމާއި، ވިޔަފާރިއާއި ސަގާފަތުގައި އެއްބާރުލުން ދިނުމުގެ ބޭނުން ހިފުމުގައި ބަންޑުންގް އުސޫލުތަކުގެ މުހިންމުކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ “ނާމް” މެންބަރު ގައުމުތަކުން އެއްބައިވެ، ސުލްހަ އާއި އިސްތިގުލާލާއި އިންސާފު ދިފާއުކުރުމަށް ވެސް ގޮވާލައްވައިފައެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަމަށް އަލިއަޅުއްވާލައްވަމުން މަޖިލީހުގެ ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ އެއްބާރުލުން ދިނުމަށް ގޮވާލައްވައިފައެވެ. އެކަމަކީ ރާއްޖެއަށް ސީދާ ގޮތެއްގައި އަސަރުކުރާ އަދި ދުވަހުން ދުވަހަށް ނުރައްކާތެރިކަން އިތުރުވަމުންދާ ކަމެއް ކަމަށް ފާހަގަކުރައްވައި، އެންމެ ބޮޑަށް ނުރައްކާތެރިކަމުގެ ތެރޭގައިވާ ގައުމުތަކަށް ތިމާވެށީގެ އިންސާފު ގާއިމުކުރުމަށް ނާމްގެ މެންބަރު ގައުމުތަކުން ދޭ އަހައްމިއްޔަތުކަން އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި

Ii

ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރެއްވި މަހްމޫދު ރިޔާޒުގެ ވަޒީފާ އިޢާދަކުރައްވައިފި

Dd

ޕީއެންސީގެ ޖަލްސާގައި އުންމީދު އާވާނެ އެތައް ކަމެއް އިއުލާންކުރާނެ: އަބްދުއްރަހީމް

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް އަލީ ފަޒާދު

TTH_advertisement