ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ޝާމިލް ދޮގު ހެދި ކަމަށްބުނެ، އަޒްމިރަލްދާ ފުލުހަށް މައްސަލަ ހުށަހަޅައިފި

Gjgzmmeauaanw n
އޭސީސީގެ ރައީސް އާދަމް ޝާމިލް — ފޮޓޯ: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް ދޮގު ހެއްދެވި ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަރާތުން އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް މިއަދު މީޑިއާތަކަށް ފޮނުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އޭސީސީގެ ރައީސް ޝާމިލްގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު ކަމަށެވެ.

އެ ބަޔާނުގައި ވަކީލު ވިދާޅުވީ ފަނޑިޔާރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށްބުނެ އޭސީސީގެ ރައީސް ޝާމިލް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސިޓީއެއް ފޮނުއްވައި ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލައިގައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް ފަނޑިޔާރު އަޒްމިރަލްދާ މިއަދު ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއްސުއޫދުގެ މައްސަލަ މިދިޔަ ފެބްރުއަރީ މަހު ބަލަން ފަށައި، އެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. ނަމަވެސް ސަސްޕެންޝަނުގައި ހުންނަވަނިކޮށް، ސުއޫދު ވަނީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާދެއްވައިފައެވެ.

ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒް އަދި ސުއޫދު ސަސްޕެންޑުކޮށްފައިވަނީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. ޖޭއެސްސީން ތިން ފަނޑީޔާރުންގެ މައްސަލަ ބަލަން ފަށާފައިވަނީ އޭގެ ފަހުންނެވެ.

އޭސީސީގެ ރައީސް ޝާމިލް، މަގާމުގެ ނަހަމަ ނުފޫޒު ބޭނުންކުރި މައްސަލައެއް ވެސް އަޒްމިރަލްދާގެ ފަރާތުން ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އޭސީސީއަށް ހުށަހަޅައިފައެވެ. އެ މައްސަލަ އޭސީސީން ބަލައިގަތް ނަމަވެސް، އެ މައްސަލަ ކުރިއަށްދާ ގޮތުގެ އިތުރު ތަފްސީލެއް އެ ކޮމިޝަނުން ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

Yamin

ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގެ އަޑުއެހުން އާދީއްތަ ދުވަހު

ސިވިލް ކޯޓުގައި ގާއިމުކުރި ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

TTH_advertisement