ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޯނޑެއްދޫގެ އިހުތިސޯސުން ކަޑެވާރެހާ ވަކިކޮށް، އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކުރަން ރައީސް ނިންމަވައިފި

kudavaarehaa

ގދ. ހޯނޑެއްދޫގެ އިހުތިސޯސުން ކަޑެވާރެހާ ވަކިކޮށް، އެ ރަށް އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސް މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ކަމަށެވެ.

“ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު” ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގެ ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ކަމަށް ގަރާރުގައި ވިދާޅުވިއެވެ.

ގަރާރުގައި ރައީސް ވިދާޅުވީ 2020 ވަނަ އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2020/23 ގަރާރުން އެކަށައަޅާފައިވާ، ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައަޅައިފައި އޮތް ގޮތަށް ބަދަލު ގެންނާން ޖެހިއްޖެ ކަމަށް ފެންނަ ކަމަށެވެ.

އެހެންކަމުން ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިހުތިސޯސަށް ބަދަލު ގެނެސް، ހޯނޑެއްދޫގެ އިހުތިސޯސުން ކަޑެވާރެހާ ވަކިކުރާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ އެ ނިންމެވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް އިންޓަގްރޭޓަޑް ޓޫރިޒަމަށް ކަޑެވާރެހާ ތަރައްގީކުރުމަށްޓަކައި ނިންމެވި ނިންމުވުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް