ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބްރޯޑްކޮމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިޢުލާނު ކުރެއްވި ގޮތުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރަކު އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެ މަޤާމަށް އަލުން މެންބަރަކު ޢައްޔަނު ކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނީ މިއަދުން ފެށިގެން 2025 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މީީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ވެސް މި ފޯމު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ލޯގޯ ބޭނުން ކުރަން ފަށައިފި

raees Office

މާލީ މަރުކަޒު ހަދާ ކުންފުންޏަށް ދެން ކިޔާނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް

Cabinet

ސަރުކާރަށް ލަފާދޭ 3 ކޮމިޓީއަކަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި