ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްދޫގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފިއެވެ.

އެ މީހާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ އޭނާ ވެންޓިލޭޓަރުން މިހާރު ނަގާފައިވާ ކަމަށާއި ނަމަވެސް އަދިވެސް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ.

އޭނާގެ ހާލަތާ ގުޅޭގޮތުން އައިޖީއެމްއެޗުން އިތުރު ތަފްސީލެއް ހާމަނުކުރައްވައެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ މީހަކު ވަރަށް ބޮޑަށް ފިހި ވަނީ އަނިޔާވެފައެވެ. އެ ހާދިސާގައި އަނިޔާވި އަންހެން މީހާއަށް ވެންޓިލޭޓަރުގަައި ފަރުވާދެމުންދަނިކޮށް މިދިޔަ މަހުގެ 31ވަނަ ދުވަހުގެ ރޭ ވަނީ ނިޔާވެފައެވެ.

އަންހެން މީހާގެ ހަށިގަނޑުގެ %83 ފިހުނު ކަމަށާއި ފިރިހެން މީހާގެ ހަށިގަނޑުގެ %78 ފިހިފައިވާކަމަށް މައުލޫމާތުލިބެއެވެ.

ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ރާއްޖޭން ބޭރުން ‘ބާން ސްޕެޝަލިސްޓު’ ޑޮކްޓަރެއްވެސް ރާއްޖެ ގެނައެވެ.

އެނގިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މިހާދިސާ ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗަށް “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ތަޢާރަފުކޮށްފި

778

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

Adheel

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އައިޖީއެމްއެޗުން އިލްތިމާސްކޮށްފި