ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ގައްދޫގައި ވެސް އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި

ގދ. ގައްދޫގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށިއްޖެއެވެ.

ދިވެހިރާއްޖޭގެ ކޮންމެ އަަތޮޅެއްގައި ނުވަތަ އަތޮޅުވެރިކަން ކުރާ ރަށެއްގައި އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތުގެ މުހިންމު ބައެކެވެ. މި ސިޔާސަތުގެ ދަށުން، އަތޮޅުތަކުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް ފެށުނީ ގއ. ވިލިނގިލީގައެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގައްދޫގައި މި ޚިދުމަތް ފެށުމާއެކު ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އައިޑީ ކާޑު ހެއްދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ގދ. ގައްދޫގައި މި ޚިދުމަތް ޤާއިމުކުރެވުނު އިރު، އަތޮޅުގެ ވެރިރަށް ކަމުގައިވާ ގދ. ތިނަދޫގައިވެސް އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ވަނީ ފަށާފައެވެ. އަތޮޅު ކައުންސިލުން އައިޑީ ކާޑު ޕްރިންޓުކޮށް އެހެން ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. ގައްދޫއަކީ ގދ. އަތޮޅުގެ ވެރިރަށް ފިޔަވައި މި ޚިދުމަތް ޤާއިމުކުރެވުނު ފުރަތަމަ ރަށެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް މަރުކަޒީކޮށް ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށުނީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އޭގެ ފަހުން، 1993 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނަށް ބަދަލުކުރެވުނެވެ.

ޑީއެންއާރުގެ 174 ކަލެކްޓިންގ ސެންޓަރު ޤާއިމުކުރެވިފައިވާއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2021 ވަނަ އަހަރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީ ކާޑު ހެދުމުގެ ޚިދުމަތް ތަޢާރަފުކުރެވުނެވެ. 2022 ވަނަ އަހަރުގެ މާރިޗު މަހު، އައު އޮންލައިން ޕޯޓަލްއެއް ޤާއިމުކޮށް، ރައްޔިތުންނަށް އަމިއްލައަށް އައިޑީ ކާޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވުނެވެ. މީގެ އިތުރުން، ކާޑު ޕްރިންޓުކުރުމަށްފަހު އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވުމުގެ ޚިދުމަތްވެސް ތަޢާރަފުކުރެވުނެވެ.

ސަރުކާރުގެ މިހާރުގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން އައިޑީ ކާޑު ހެދުމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މި މަޝްރޫޢު މި އަހަރުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން ވަނީ ރޭވޭވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގައްދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ޤާއިމު ކުރައްވާ ރިޔާސީ ވައުދުފުޅު ފުއްދަވައިފި

އައިޑީ ކާޑު ޚިދުމަތް އއ. އަތޮޅުގައި ފަށައިފި

112

ލ. އަތޮޅުގައި އައިޑީކާޑް ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފި

TTH_advertisement