ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ރައީސްގެ ވަޢުދުފުޅާއެއްގޮތަށް ގުޅީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވަޢުދުފުޅާ އެއްގޮތަށް، ކ. ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ފަށައިފައެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރެވުނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަސައްކަތް ފެށުން ލަސްވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގުޅީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ބަންޑު ވޯލް ޖަހައި، ފަސްއެޅުމުގެ މަސައްކަތް ނިމެންދެން މަޝްރޫޢު ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދު މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވަމުން ވިދާޅުވީ، މި މަސައްކަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުންކަމަށެވެ. އަދި މޫސުން ތަންދިންނަމަ، 45 ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ގުޅީގައި 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިއާއެކު ގުޅީގެ ބިމުގެ ބޮޑުމިން 2 ގުނައަށް އިތުރުވާނެއެވެ. މީގެ އިތުރުން، 940 މީޓަރުގެ ހިލަ ރިވެޓްމަންޓް، 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް، އަދި 88 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ގުޅީގައި ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާއިރު، އެންމެ ފަހުން ބިން ދޫކުރެވިފައިވަނީ 2003 ވަނަ އަހަރުއެވެ. ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި، މިހާރު ގުޅީގައި އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 150 އާއި 200 އާ ދެމެދުގެ އަދަދެއްގެ މީހުން ތިބިކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢު ނިމުމުން ގުޅީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަންދޫ ޒުވާނުންގެ ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފި

ސަރުކާރުގެ ފަރާތުން ގުޅީ ކައުންސިލަށް ހަނދާނީ ފިލައެއް އަރުވައިފި

ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފި

ގުޅިއަށް 10 ހެކްޓަރުގެ ބޮޑު ބިމެއްް އުފައްދައިފި، ރައްޔިތުން ތިބީ އުފަލުން

TTH_advertisement