ކުއްލި ޚަބަރު

ކަނޑުމަގުން ޑްރަގް އެތެރެކުރުމުގެ ތުހުމަތުގައި 16 މީހަކު ހައްޔަރުކޮށްފި

މާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ

ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި ރާއްޖެ އަންނާނެ: ރައީސް

ރޯވި ބޯޓުން ގެއްލުނު މީހާ ހޯދަން ޑްރޯންގެ ބޭނުންކުރަން ފަށައިފި

alifaan-boat
މާލެ ދަތުރުކުރަމުންދިޔަ ބޯޓެއްގައި ރޯވެ އަނދަނީ — ފޮޓޯ: އެމްއެންޑީއެފް

އަލިފާން ރޯވި ބޯޓުން ގެއްލުނު މީހާ ހޯދުމަށް ޑްރޯންގެ ބޭނުންކުރަން ފަށައިފިއެވެ.

އެމްއެންޑީއެފުން ރޭ ބުނެފައިވަނީ “ހޮޅުދޫ ބޯޓް” އިން ދަތުރުކުރަމުންދިޔަ 18 މީހުންގެ ތެރެއިން 17 މީހުން ސަލާމަތްކޮށްފައިވާ ކަމަށާއި އެކަކު ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ގެއްލިގެން ހޯދަމުންދަނީ ލ. މާވަށު، އަލީ މުޝްފިގް (25އ) ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ކޯސްޓްގާޑް ޝިޕް ޢާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެއާ ކޯގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން މުޝްފިގު ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެ ބޯޓުގައި ރޯވެފައިވަނީ ތ. އަތޮޅުން މުދާ ބަރުކޮށްގެން މާލެ ދަތުރުކުރަމުންދަނިކޮށެވެ. ނަމަވެސް އަލިފާން ރޯވާން މެދުވެރިވި ސަބަބެއް މިހާތަނަށް ކަށަވަރުކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑްރަގާއެކު އަތުލައިގަތް ލަންކާ ބޯޓުގައި ތިބި ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދަށް

778

ކާށިދޫ ބޯޓެއް ފަރަށް އަރައި ބިދޭސީއަކު މަރުވެއްޖެ

Mal

ދެ ދޯންޏެއް ޖެހި އެކްސިޑެންޓެއް، އެއް ދޯނި ދިޔައީ އަޑިއަށް

Fuvahulah atoll maldives banner

ވައިގެމަގުން ފުވައްމުލަކަށް ބޯފެން ފޯރުކޮށްދިނުމުގެ އޮޕަރޭޝަނެއް ފަށައިފި

TTH_advertisement