ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސްގެ ނިމްމެވުމަށް ރޯދަ ހަދިޔާގެ ގޮތުގައި 81 މިލިޔަން ރުފިޔާގެ މަސްދަޅު ބަހައިފި

ރައީސްގެ ނިމްމެވުމަށް މި އަހަރުގެ ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި 81 މިލިއަން ރުފިޔާއަށްވުރެ ގިނަ އަގުހުރި މަސްދަޅު ދިވެހި ރައްޔިތުންނަށް ބެހިއްޖެއެވެ.

ސަރުކާރުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުމްލަ 111,231 މަސްދަޅު ކޭސް ވަނީ ބެހިފައެވެ. މީގެ ތެރެއިން 50,519 ކޭސް މާލޭގެ ގޭބިސީތަކަށް ބެހުނު އިރު، 60,712 ކޭސް އަތޮޅުތަކުގެ ގޭބިސީތަކަށް ބެހުނެވެ. ބެހުނު މަސްދަޅު ކޭސްތަކަކީ އާންމުކޮށް ބޭނުންކުރާ 180 ގްރާމުގެ 48 ދަޅު ހިމެނޭ ކޭސްތަކެވެ.

މި ޚާއްޞަ ހަދިޔާ ތައްޔާރުކުރުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވަނީ ކޮންމެ ކޭހަކުން 30 ރުފިޔާގެ ޚާއްޞަ ޑިސްކައުންޓެއް ދެއްވާފައެވެ. މި ޑިސްކައުންޓާއެކު، ސަރުކާރުން މި މަޝްރޫޢުއަށް ޖުމްލަ 81,198,630 ރުފިޔާ (އައްޑިހަ އެއް މިލިއަން އެއްލައްކަ ނުވަދިހަ އަށްހާސް ހަސަތޭކަ ތިރީސް ރުފިޔާ) ޚަރަދުކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަމަޟާން މަހުގެ ފެނާއި ކަރަންޓު ބިލުތަކުން ޑިސްކައުންޓް ދެއްވުމަށްވެސް ނިންމަވާފައެވެ. މި ހުރިހާ ފިޔަވަޅުތަކަކީވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުބާރަކްވެގެންވާ ރަމަޟާން މަހުގައި އިތުރު ލުއިފަސޭހަކަމެއް ގެނެސްދިނުމަށް އަމާޒުކޮށްގެން އެޅުއްވި ފިޔަވަޅުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަނީސް
ޖީބަށް ލުއިކަމެއް ލިބިގެން ދިޔަކަމެއްމިއީ ރަމަޝާން މަހަށް ، ހެޔޮ ދުއާ ސަލާމް
އ އަހުމަދު އަލީ، ދަގެތި
ކޮށްމެގޮތެއްވިޔަސް މިކަމަކީ ވަރަށް ހިންހަމަ ޖެހުނު ކަމެއް މުއިޒް އަށަ ޝުކުރު

ގުޅުންހުރި

Q

ސަރުކާރުގެ އަމާޒަކީ ގައުމަށް ބޭނުންތެރި ހިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ ހެދުން: ރައީސް

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

Q

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ސަބަބުތައް ރައީސް ސާފުކޮށްދެއްވައިފި

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ