ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑުއަށް ގެންދެވުނު 1.8 މެގަވޮޓްގެ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، އެންމެ ފަހުން އެ ސިޓީއަށް ގެންދެވުނު 1.8 މެގަވޮޓްގެ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފިކަމަށް ފެނަކައިން ހާމަކޮށްފިއެވެ.

އިންޑިޔާއިން ގެނެވުނު މި އައު ޖަނަރޭޓަރު އައްޑޫ ސިޓީއަށް ގެންދެވުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ފެނަކައިގެ ޓެކްނިކަލް ޓީމުން ދަންފަޅި ބަހައިގެން ރެއާއި ދުވާލު މެދުނުކެނޑި މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން، މި ކުރު މުއްދަތުގެ ތެރޭގައި އާ ޖަނަރޭޓަރު އިންސްޓޯލްކޮށް ޚިދުމަތް ދޭން ފެށިފައިވެއެވެ.

އައްޑޫ ސިޓީގައި ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 19 ޖަނަރޭޓަރުގެ ތެރެއިން ގިނަ ޖަނަރޭޓަރުތަކެއް، ފާއިތުވި ސަރުކާރުގައި އޯވަހޯލްނުކޮށް ދިގުލައިގެން ދިއުމުގެ ސަބަބުން ހަލާކުވުމާ ގުޅިގެންނެވެ. މިއީ ކުރީގެ ސަރުކާރުގައި ފެނަކައާ ހަވާލުވެތިބި ފަރާތްތަކުގެ އިހުމާލުގެ ނަތީޖާއެއްގެ ގޮތުން ދިމާވި ކަމެކެވެ.

މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ އަވަހަށް ހައްލުކޮށް، ކުރިއަށް އޮތް ފަސް އަހަރަށް ކަރަންޓުގެ އެއްވެސް މައްސަލައެއް ދިމާނުވާނެ ފަދަ ގޮތަކަށް ކަންކަން ތަރުތީބު ކުރުމަށެވެ. ފެނަކައިން މަޢުލޫމާތު ދޭގޮތުގައި، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ މި ވަގުތު އެ ކުންފުނިން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތެވެ.

ސަރުކާރާއި ފެނަކަ ގުޅިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އަންނަ ޖަނަރޭޓަރުތައް މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރ ޕާޓްސް ރާއްޖެ ގެނެސް، މަރާމާތުގެ މަސައްކަތް ވަނީ ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މެދުނުކެނޑި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަލީ އީސާ
ފެނަކާއަށް ހައްގު ޝުކުރު
ފ ފާއިޒް
ނާހަމަ ތެދެއް؟ އެގިދާނެތާ ދެންވާގޮތެއްވެސް ދޯ؟

ގުޅުންހުރި

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް