ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައި ކޯޓުގެ އިސްފަނޑިޔާރުކަމަށް ދެ ފަނޑިޔާރުން ކުރިމަތިލައްވައިފި

ހައި ކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް، އެ ކޯޓުގެ ދެ އިސް ފަނޑިޔާރުން ކުރިމަތިލައްވާފައިވާ ކަމަށް އަންގަވައިފިއެވެ. މި މަޤާމަށް ކުރިމަތިލައްވާފައިވަނީ މިހާރު ހައި ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒާއި ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލެވެ.

ހައި ކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމު ހުސްވެފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޙުސައިން ޝަހީދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. މި މަޤާމަށް ކުރިމަތިލައްވާފައިވާ ދެ ފަނޑިޔާރުންނަކީ މިހާރު ހައި ކޯޓުގައި މަސައްކަތްކުރައްވާ 10 ފަނޑިޔާރުންގެ ތެރެއިން އެންމެ ސީނިއަރ ދެ ފަނޑިޔާރުންނެވެ.

ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީ ތަިން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ 25 ޖަނަވަރީ 2018 ގައެވެ. މީގެ އިތުރުން، އަލްއުސްތާޛު ނިޔާޒަކީ މިހާރު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅާއެވެ.

ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލްއަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 24 ޖުލައި 2018 ގައެވެ. އަލްއުސްތާޛު ފައިޞަލްއަކީވެސް ކުރީގައި ޖޭއެސްސީގެ ނައިބު ރައީސްކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

high court

އަމީން ކޮންސްޓްރަކްޝަން ކުށްވެރިނުވާ ކަމަށް ނިންމި ނިންމުން ހައިކޯޓަށް ގެންގޮސްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ