ކުއްލި ޚަބަރު

ދަމާސްގެ ވެރިޔާ ސޯލިހަށް ދައުލަތުގެ އިއްޒަތް އަރުވައިފި

ދެކުނުގެ 3 އަތޮޅުގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ 12 ނެޓްވޯކެއް ދެނެގަނެވިއްޖެ: ފުލުހުން

އައްޑޫ ހިތަދޫގައި މިސްކިތަކަށް ގެއްލުންދިން މައްސަލަ ބަލާ ފިޔަވަޅު އަޅާނެ: ޝަހީމް

ޢީދު ހަވީރުގެ ކުލަގަދަ ހަރަކާތްތައް ހޯމަ ދުވަހާއި އަންގާރަ ދުވަހުވެސް އޮންނާނެ

އެމްއެންޑީއެފްގެ ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، ޢީދު ހަވީރުގެ ހަރަކާތްތައް މާރިޗު 31 އަދި އޭޕްރީލް 1 ވަނަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ޖުމްހޫރީ މައިދާން ސަރަޙައްދުގައި ކުރިއަށްގެންދެވޭނެއެވެ.

ފިޠުރު ޢީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ އެއްބާރުލުމާއެކު މިއަދު ސުލްޠާން ޕާކު ސަރަޙައްދުގައި ބޭއްވުނު “ޢީދު އުފާ” ހަރަކާތާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމުން، ގިނަ ބައެއްގެ އިއްތިފާޤުން މިފަދަ ފުރިހަމަ ހަރަކާތެއް މީގެ ކުރިން ބޭއްވިފައިނުވާކަން ފާހަގަކުރެވުނެވެ.

ސަރުކާރުގެ އިސް މުއައްސަސާތަކާއި ބޮޑެތި ކުންފުނިތަކުން ވަނީ “ޢީދު އުފާ” ހަރަކާތް އިންތިޒާމުކޮށް ކުރިއަށްގެންދިއުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ހަރަކާތަކީ ޚާއްޞަކޮށް ކުޑަކުދިންގެ ޝައުޤުވެރިކަން އިތުރުކުރުވާ ހަރަކާތަކަށް ހެދުމަށްޓަކައި އެމްއެންޑީއެފާއި ފުލުހުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

“ޢީދު އުފާ” ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ސުލްޠާން ޕާކުން ފެށިގެން ޝަހީދުންގެ ބިނާ ސަރަޙައްދާއި ޖުމްހޫރީ މައިދާން ސަރަޙައްދު ހިމެނޭހެން، ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރިވެވޭނެ ގޮތަށެވެ. މި ހަރަކާތުގައި ދިވެހި ސަޤާފަތާއި، ކުޑަކުދިންގެ މެދުގައި މަޤްބޫލުކަން ލިބިފައިވާ ކެރެކްޓަރުތައް ވަނީ ދައްކާލާފައެވެ.

މި ހަރަކާތުގައި ކުޑަކުދިންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ އެމްއެންޑީއެފް އަދި ފުލުހުންގެ މުއައްސަސާތަކުން ކުޑަކުދިން ބައިވެރިކޮށްގެން ގެންދިޔަ ހަރަކާތްތަކަށެވެ. މީގެ ތެރޭގައި އެމްއެންޑީއެފާއި ފުލުހުންގެ އުޅަނދުތަކަށް ކުޑަކުދިން އަރައި ފޮޓޯނެގުމުގެ ފުރުޞަތު ދިނުމާއި، ކުދިންނަށް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިޔަ އެމްއެންޑީއެފްގެ އެހެނިހެން ހަރަކާތްތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެހީވި ފަރާތްތަކަށް ރައީސްގެ ޚާއްސަ ޝުކުރު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޢީދުލްފިޠުރުގެ ފާހަގަކުރުން

ޢީދު ފާހަގަކުރަން ސެންޓްރަލް ޕާކުގައި ޑްރޯންޝޯއަކާއެކު ހަވާއަރުވައިފި

ޢީދު ހަވީރު ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

TTH_advertisement