ކުއްލި ޚަބަރު

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ހުށަހެޅުއްވީ މޫސާ އަލީ ޖަލީލް އެކަނި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބީއެމްއެލް އިން މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސެންޓްރަލް ޕާކުގައި މިރޭ ހަވާ އަރުވަނީ

322945 3 f998872e90aa6370240803abe9722d77c5417ece large
ހުޅުމާލޭގައި ހަވާ އަރުވަނީ — ފޮޓޯ: މިހާރު

ފިތުރު އީދު ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ހަވާ އެރުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ ސެންޓްރަލް ޕާކުގައި ހަވާ އަރުވާނީ މިރޭ 9:00 ގައި ކަމަށާއި އޭގެ ކުރިން 8:30 ގައި 30 މިނެޓަށް ޑްރޯން ޝޯއެއް ވެސް ކުރިއަށްދާނެ ކަމަށެވެ.

އީދު ފާހަގަކުރުމަށް އެޗްޑީސީން ސެންޓްރަލް ޕާކުގައި ދެން ރާވާފައިވާ ހަރަކާތަކީ ކުޑަކުދިންގެ ހަވީރެވެ. އެ ހަވީރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 އިން ފެށިގެން 5:45 އަށެވެ.

މިއަދު ހަވީރު މާލޭގައި ވެސް ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރު ކުންފުނިތަކާ ގުޅިގެން އެމްއެންޑީއެފުން ބާއްވާ އެ ހަވީރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ. އެ ހަރަކާތް ކުރިއަށްދާނީ ސަލްޓަން ޕާކު، ޝަހީދުންގެ ބިނާ ސަރަހައްދު އަދި ޖުމްހޫރީ މައިދާނު ސަރަހައްދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

893

ހުޅުމާލޭގެ ސެކިޔުރިޓީ ވަރުގަދަ ކުރަން އެސްޓޭޓް ސެކިޔުރިޓި ތައާރަފްކޮށްފި

HDC

އެޗްޑީސީއަށްް 268.49 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

ތިންވަނަ ފިޔަވަހި ބާރަށް ކުރިއަށް، މިހާތަނަށް 31 ހެކްޓަރުގެ ބިން ހިއްކިފައިވޭ

އާއްމުންގެ ކަންބޮޑުވުންތަކާ ގުޅިގެން ހުޅުމާލޭގެ ސްޕީޑް ބްރޭކަރުތައް ނަގައިފި

TTH_advertisement