ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓޫޑަންޓް ލޯނަށް ފުރުސަތު ހުޅުވާލައިފި

374176 249e6768 6
ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު — ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީން ހޯދަން ބޭނުންވާ ފަރާތްތަކުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފައިވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީން ހޯދުމަށް ދެ ގިންތިއަކުން ލޯނަށް 500 ފުރުސަތެވެ.

ފުރަތަމަ ގިންތީގައި ހިމެނެނީ އަލަށް ކިޔަވަން ފަށާ ފަރާތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ލޯނަށް އެދި ހުށަހަޅަން ދީފައިވާ ސުންގަޑިއާ ހަމައަށް މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކިޔެވުމަށް ރަޖިސްޓްރީވެފައިނުވާ ނުވަތަ ޓިއުޝަން ފީ ދައްކާފައިނުވާ ފަރާތްތަކެވެ.

ދެވަނަ ގިންތީގައި ހިމެނެނީ މިހާރު ކިޔަވަމުންދާ ފަރާތްތަކެވެ. މިހާރު ކިޔަވަމުންދާ ފަރާތެއްގެ ގޮތުގައި ބަލަނީ ލޯނަށް އެދި ހުށަހަޅަން ދީފައިވާ ސުންގަޑީގެ ކުރިން، މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކިޔެވުން ފަށާފައިވާ ފަރާތްތަކެވެ.

މިނިސްޓްރީން ބުނީ އެ ފުރުސަތަކީ މަތީ ތައުލީމާއި ތަންރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނާއި ފުރިހަމަކުރި ޕްރޮގްރާމާ ގުޅިގެން ހަދަންޖެހޭ އިންޓާންޝިޕް ހެދުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ޓޮޕްއަޕް ލޯނަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ.

ލޯނު ސްކީމުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ ހަތް ލައްކަ ރުފިޔާއަށްވުރެ ބޮޑުނުވާ އަދަދެކެވެ. އެ ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި ފެށޭ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

students university

ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު މުޅި އަހަރަށް ހުޅުވާލަނީ

higher education

ދަރިވަރުންގެ ސަލާމަތާ ތައްކާތެރިކަމަށް ޚާއްސަ އިސްކަމެއް ދަނީ ދެމުން: ވުޒާރާ

98

ފުނަދޫ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފި

މިދިޔަ 2 އަހަރު 471 ދަރިވަރުންނަށް ސްކޮލަރޝިޕް ފުރުޞަތު ދީފައިވޭ