ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބުރާސްފަތި ދުވަހު ކަރަންޓު ބޭނުންކުރެވުނު މިންވަރު ބުދަ ދުވަހާ އެއްހަމަ- ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މާލެ އަދި ހުޅުމާލޭގައި ބުރާސްފަތި ދުވަހު ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު، ކުރީ ދުވަހާ އަޅާބަލާއިރު ގާތްގަނޑަކަށް އެއްހަމައެއްގައި ދެމެހެއްޓިފައިވާކަން ފާހަގަކުރެވެއެވެ. މި މަޢުލޫމާތު ސްޓެލްކޯއިން ވަނީ އިޖުތިމާޢީ ވިއުގަ އެކްސްގައި ޙިއްޞާކުރައްވާފައެވެ.

އިތުރު ތަފްޞީލު ދެއްވަމުން ސްޓެލްކޯއިން ވިދާޅުވެފައިވަނީ، ބުރާސްފަތި ދުވަހުގެ އެންމެ ޕީކް ގަޑީގައިވެސް ކަރަންޓު ބޭނުންކުރެވުނު މިންވަރު 104 މެގަވޮޓަށްވުރެ މަތިވެފައިވާ ކަމަށެވެ.

ޢާންމުގޮތެއްގައި ހޫނު މޫސުމުގައި އަދި ޚާއްޞަކޮށް ރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ، ކަރަންޓު ބިލުތައް ބޮޑުވުމާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް އިތުރުވެއެވެ. މި ކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، މި އަހަރުގެ ރަމަޟާން މަހުގެ ކަރަންޓު އަދި ފެން ބިލުތަކުން ޑިސްކައުންޓެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ އެއްގޮތަށް، ކޮންމެ ގޭބީސީއަކަށްވެސް މި ރަމަޟާން މަހު ކަރަންޓު ބިލުން މަދުވެގެން 10 އިންސައްތައިގެ ޑިސްކައުންޓެއް ދެއްވާނެ ކަމަށް ސްޓެލްކޯއިން ވަނީ އިޢުލާނުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް