ކުއްލި ޚަބަރު

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

ޓިކްޓޮކް ސަމާއަށް އަނިޔާކުރުމަށްފަހު އޭނާގެ ފިރިމީހާ ފިލައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދާއި ޖަމީލް އައްޔަންކުރުގެ ރަސްމިއްޔާތު މާދަމާ ބާއްވަނީ

ތިލަމާލެ ބުރިޖްގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެ

ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ތިލަމާލެ ބުރިޖް މަޝްރޫޢުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން އެނގެއެވެ. މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މަޝްރޫޢުގެ 52.44 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މިހާރު ކުރިއަށްދަނީ ޕައިލް ކެޕް، ޕިއަރ ކޮލަމްސް އެޅުމުގެ މަސައްކަތާއި ސުޕަރ ސްޓްރަކްޗަރގެ ސެގްމެންޓްސް ލޯންޗް ކުރުމުގެ މަސައްކަތްތަކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

ހަތަރު ސަރަޙައްދެއް ގުޅުވައިދޭ މި ބްރި މި ބްރިޖްގެ ޖުމްލަ ދިގުމިނަކީ 6.7 ކިލޯމީޓަރެވެ. މި މަޝްރޫޢަށް ޖީ.އެސް.ޓީ ނުހިމަނައި 251,563,940.20 އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ.

މަޝްރޫޢުގެ ޓައިމްލައިންގައިވާ ގޮތުން:
– މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ.
– ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖުގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭ ތިން ބްރިޖާއި، ކޯޒްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ އިތުރުން، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި ޕާކިންގ ސަރަޙައްދުތައް ވެސް ހިމެނެއެވެ.

ތިލަމާލެ ބްރިޖަކީ ގްރޭޓަރ މާލޭ އޭރިއާގެ ތަރައްޤީއާ ގުޅިލާމެހިފައިވާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް އުންމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

North harbour mpl

މާރުކޭޓު ސަރަހައްދަށް ގާތްކުރާ މަސްދޯނިތަކުން ފީއެއް ނުނަގާނެ: އެމްޕީއެލް

ބޭރުގެ ގުޅުންތައް ރަނގަޅުވުމުން ފައިދާ ކުރާނީ ރައްޔިތުންނަށް: މަތީން

Snapedit 1754141248866

ޓިކްޓޮކް ސަމާއަށް އަނިޔާކުރުމަށްފަހު އޭނާގެ ފިރިމީހާ ފިލައިފި

ELL Mobile Advertisement TTH_advertisement