ކުއްލި ޚަބަރު

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހީންގެ ހާލަތު ސަރުކާރުން އަންނަނީ ގާތުން ބަލަމުން: ޑރ. ޚަލީލް

ހަގުރާމަ ހުއްޓާލިކަމަށް އެމެރިކާއިން ބުނިނަމަވެސް، އީރާނާއި އިސްރާއީލުން އެއްވެސް އެއްޗެއް ރަސްމިކޮށް ނުބުނޭ!

ދަރަނީގެ މައްސަލައަށް ހައްލު ހޯދައިދޭނެ ޕާޓީއަކީ އެމްޑީޕީ: ނަޝީދު

ރަތް ކަނޑަށް ސަބްމެރިނެއް ފެތި ހަ މީހުން މަރުވެއްޖެ

މިޞްރުގެ މަޝްހޫރު ފަތުރުވެރި މަންޒިލެއް ކަމުގައިވާ ޣުރްދަގާ ކައިރީގައި ރަތް ކަނޑުގައި ދަތުރުކުރަމުންދިޔަ ސަބްމެރިނެއް އަޑިއަށް ދިއުމުގެ ސަބަބުން ހަ ރޫސީ ފަތުރުވެރިން ނިޔާވެއްޖެއެވެ.

“ސިންދުބާދު” ނަމަކަށް ކިޔާ މި ސަބްމެރިންގައި ދަތުރުކުރަމުން ދިޔައީ އެކި ޤައުމުތަކުގެ 40 ފަތުރުވެރިންނާއި މިޞްރުގެ ފަސް ފަޅުވެރިންނެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ހަމައެކަނި ރަޝިޔާގެ ހަ ފަތުރުވެރިންނެވެ. ޣުރްދަގާގައި ހުންނަ ރަޝިޔާގެ ކޮންސިއުލޭޓުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ދަތުރުކުރި 45 މީހުންގެ ތެރެއިން 39 މީހުން ވަނީ ސަލާމަތްކޮށް، އެ ސަރަޙައްދުގެ ހޮޓާތަކަށާއި ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ.

ސިންދުބާދު ސަބްމެރިންއަކީ ރަތް ކަނޑުގެ މުރަކަތަކާއި މަސްމަހާމެހި ފެންނާނެހެން ބައްޓަންކޮށްފައިވާ، 25 މީޓަރު އަޑިއަށް ދެވޭ އުޅަނދެކެވެ. މިޞްރުގެ ރައްޔިތަކަށް ރަޖިސްޓަރީކޮށްފައިވާ މި އުޅަނދު ދުއްވަނީ ލައިސަންސް ލިބިފައިވާ ކެޕްޓަނެކެވެ.

ރެޑް ސީ ޕްރޮވިންސްގެ ގަވަރުނަރު ޢަމްރު ޙަނަފީ ވިދާޅުވި ގޮތުގައި، މިޞްރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ފަޅުވެރިންނާ ސުވާލުކޮށް، ސަބްމެރިން އަޑިއަށް ދިޔަ ސަބަބު ދެނެގަތުމަށް މަސައްކަތްކުރަމުންނެވެ.

ރަތް ކަނޑަކީ މިޞްރުގެ އިޤްތިޞާދުގެ މުހިންމު ބައެއް ކަމުގައިވާ ފަތުރުވެރިކަމުގެ ޞިނާޢަތަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ސަރަޙައްދެކެވެ. ނަމަވެސް، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މިފަދަ ގިނަ ހާދިސާތަކެއް ހިނގާފައިވެއެވެ. މީގެ ތެރޭގައި މިދިޔަ ޖޫން މަހު ރާޅު ބޮޑުވުމުގެ ސަބަބުން ބޯޓެއް އަޑިއަށް ދިއުމާއި، ނޮވެންބަރު މަހު 44 މީހުން ތިބި ބޯޓެއް ބަނޑުން ޖެހުމުގެ ސަބަބުން 11 މީހުން ނިޔާވުން ހިމެނެއެވެ. އަދި މިދިޔަ މަހުވެސް ޣުރްދަގާއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ވަނީ ބަނޑުން ޖަހާލާފައެވެ.

މި ހާދިސާތަކުން ދޭހަވަނީ ރަތް ކަނޑުގެ ސަރަޙައްދުގައި ކުރާ ކަނޑު ދަތުރުތަކުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister nazim

އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުގެ ޚިދުމަތް 4 މަސް ދުވަހުގެ ތެރޭގައި ފެށޭނެ: ނާޒިމް

Minister Thoriq ibrahim,

ރާއްޖެ އަންނަން ތިބި ފަތުރުވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ފަށައިފި

dr khaleel

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހީންގެ ހާލަތު ސަރުކާރުން އަންނަނީ ގާތުން ބަލަމުން: ޑރ. ޚަލީލް

raees muiz

ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަންހެނުން މުހިންމު ދައުރެއް އަދާކުރޭ: ރައީސް

TTH_advertisement ELL Mobile Advertisement