ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީދު ދުވަހު ޖުމްހޫރީ މައިދާންގައި ބޮޑު ހަވީރެއް ބާއްވަނީ

ފިތުރު އީދު ދުވަހާ ގުޅުވައިގެން މާލޭގައި ފާހަގަކޮށްލެވޭ ހަވީރެއް އިންތިޒާމުކުރުމަށް ނިންމާފައިވެއެވެ.

“އީދު ހަވީރު 1446” ގެ ނަމުގައި މި ޚާއްޞަ ހަރަކާތް ރާވައި ހިންގުމުގައި ދިވެހި ސިފައިންނާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެއްބާރުލުން ލިބިގެންދާނެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއަދު ނެރުއްވި ޚަބަރު ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި ހަރަކާތުގެ މަޤްޞަދަކީ ފިތުރު އީދުގެ އުފާވެރިކަމުގައި ޢާއިލާތަކަށް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، އީދު ސަލާމްކޮށް، ހިތްހަމަޖެހޭ ވެށްޓެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމުގައެވެ.

އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މި ހަރަކާތް ކުރިއަށްދާނީ މާލޭ ސުލްޠާން ޕާކުން ފެށިގެން އިސްލާމީ މަރުކަޒު، ޖުމްހޫރީ މައިދާން އަދި ރަސްމީ ބޮޑު ފާލަމުގެ ސަރަޙައްދު ހިމެނޭހެން، މިކަމަށް ޚާއްޞަކޮށް ތައްޔާރުކުރެވިފައިވާ ފުޅާ ސަރަޙައްދެއްގައެވެ.

މި ސަރަޙައްދަށް އީދު ހަވީރު ފާހަގަކުރުމަށް ޒިޔާރަތްކުރައްވާ އެންމެހައި ޢާއިލާތަކަށް މަޑުމައިތިރިކަމާއެކު ވަގުތު ހޭދަކުރެއްވޭނެ އިންތިޒާމުތަކާއި، އީދުގެ އުފާވެރިކަމުގައި ބޭއްވޭ އެކިއެކި ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ހާމަކުރައްވާފައިވެއެވެ. މީގެ އިތުރުން، އީދު ހަދިޔާ ދިނުމުގެ ޚާއްޞަ ހަރަކާތްތަކެއްވެސް ކުރިއަށްދާނެ ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 18 at 20.00.33

ހުކުރު ދުވަހަކީ އީދު ދުވަސް ކަމަށް ނިންމައިފި، އީދު މުބާރަކް!

މާލެ ސަރަހައްދުގެ 4 މައިދާނަކާއި 24 މިސްކިތެއްގައި ފިޠުރު އީދު ނަމާދު ކުރާނެ

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެހީވި ފަރާތްތަކަށް ރައީސްގެ ޚާއްސަ ޝުކުރު