ކުއްލި ޚަބަރު

އުމްރާއަށް ގެންދަން ފައިސާ އާއި ޕާސްޕޯޓު އަތުލުމަށްފަހު، ކުންފުނީގެ ވެރިން ފިލި މައްސަލައެއް 

އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގެ ސްޕީކާ ރައީސް މުއިއްޒާ ބައްދަލުކުރައްވައިފި

ފޯޅައްވައްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ސަފީރު ވިދާޅެއް ނުވޭ: ޚާރިޖީ ވަޒީރު

އޯޓިސްޓިކް ކުދިންނަށް ފުރައްސާރަކުރި މައްސަލަ އެޗްއާރުސީއެމުން ކުށްވެރިކޮށްފި

Gzl vpwawaa m6d
އެޗްއާރުސީއެމްގެ ބައްދަލުވުމެއްގެ ތެރެއިން — ފޮޓޯ: އެޗްއާރުސީއެމް

“ރާއްޖެ ޓީވީ” އިން ގެނެސްދިން ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދިންނަށް ފުރައްސާރަކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުށްވެރިކޮށްފިއެވެ.

އެ ވާހަކަތައް ދައްކާފައިވަނީ ރާއްޖެ ޓީވީން ރޭ ގެނެސްދިން ސިޔާސީ ޕްރޮގްރާމު، “ކާލާބައިސާ” ޕްރޮގްރާމުގައެވެ. އެ ޕްރޮގްރާމުގައި ޕްރެޒެންޓަރެއްގެ ގޮތުގައި ހުސައިން ރަމީޒް ބައިވެރިވި އިރު، ބައިވެރިންގެ ގޮތުގައި ބައިވެރިވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި އަހުމަދު ފަޔާޒް އަލީ (ޕާޕާ) އެވެ.

އެ މައްސަލައިގައި އެޗްއާރުސީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ “ރާއްޖެ ޓީވީ”ގެ “ކާލާ ބައިސާ” ޕްރޮގްރާމުގައި ރޭ އެ ވާހަކަދައްކާފައިވަނީ ސިޔާސީ ވާހަކަތަކެއްގެ ތެރެއިންނެވެ. އެ ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ޕްރެޒެންޓަރު ހުސައިން ރަމީޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ޕީޕަލްސް ނޭޝަނަލް ޕާޓީ (ޕީއެންއެފް)ގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ފަޔާޒް އަލީ (ޕާޕާ) އެވެ.

އެ މައްސަލައިގައި އެޗްއާރުސީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ ޓީވީގެ އެ ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދަށް ބައެއްގެ ގޮތަށް އަދި މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަދައްކާފައިވާތީ އެކަން އެ ކޮމިޝަނުން ކުށްވެރިކުރާ ކަމަށެވެ.

މުޖުތަމައުގެ އެހެން މީހުންނެކޭ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އިންސާނީ ހައްގުތައް އެއްހަމައެއްގައި ލިބިދީފައިވާ ކަމަށާއި ކޮންމެ މީހަކަށްވެސް އަބުރުވެރިކަމާއި ކަރާމާތްތެރިކަމާއެކު ދިރިއުޅުމުގެ ހައްގު ލިބިދީފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

އެޗްއާރުސީއެމުން އިތުރަށް ބުނީ އެފަދަ އަމަލުތައް ނުކުރުމަށާއި އަދި މީޑިއާތަކުން ގެނެސްދޭ މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްގާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް ގެނެސްދިނުމަށް ސަމާލުކަން ދިނުމަށް ކޮމިޝަނުން ހުރިހާ މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ބެލުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.

އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވެސް ވަނީ ބަލަން ފަށައިފައެވެ. އެ ކޮމިޝަނުން މިއަދު ބުނީ އެފަދަ ކޮންޓެކްޓް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ފުރިހަމަ އިހުތިސާސް ކޮމިޝަނަށް ލިބިގެންވާ ކަމާއި، ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ އެފަދަ ކޮންޓެންޓު ބަލައި ގާނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ގާނޫނުއަސާސީ އާއި ރާއްޖޭގައި އަމަލުކުރަމުންދާ އެންމެހާ ގާނޫނުތަކަށް އިހުތިރާމުކޮށް، އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށް ވެސް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށް ވެސް ބްރޯޑްކޮމް އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

121

އިސްލާމިކް ލައިބްރަރީތަކަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

Hbn 9

އުމްރާއަށް ގެންދަން ފައިސާ އާއި ޕާސްޕޯޓު އަތުލުމަށްފަހު، ކުންފުނީގެ ވެރިން ފިލި މައްސަލައެއް 

Gv m6izwmaaz0dl

އާރްޓީއެލް 12 ފެރީ ސްޓޮޕާއި ހަ ފެރީ ޓާމިނަލް ކައުންސިލްތަކާ ހަވާލުކޮށްފި 

6321197300361316509

މާލޭގެ ކެފޭއަކަށް ގެއްލުންދީފި

TTH_advertisement ELL Mobile Advertisement