ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫއަށް އިތުރު 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ފޮނުވައިފި

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް އިތުރު ހައްލެއް ގެނައުމުގެ ގޮތުން 1.8 މެގަވޮޓްގެ އައު ޖަނަރޭޓަރެއް ފޮނުވައިފިއެވެ.

ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ފޮނުވުނު ތިންވަނަ ޖަނަރޭޓަރު މިއީއެވެ. އައްޑޫ ސިޓީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވަމުން އައީ ގިނަ އަދަދެއްގެ ޖަނަރޭޓަރުތައް އޯވަހޯލް ނުކުރެވި ދިގު މުއްދަތެއް ފާއިތުވެގެން ދިއުމުގެ ސަބަބުންނެވެ.

އައްޑޫ ސިޓީގައި ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތާއެކު، ވަގުތީ ހައްލެއްގެ ގޮތުން އިތުރު ޖަނަރޭޓަރުތައް ފޮނުވުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނަޖާހު ވިދާޅުވި ގޮތުގައި، މި އައު ޖަނަރޭޓަރު މާދަމާ އައްޑޫ ސިޓީއަށް ލިބޭނެއެވެ. އަދި މިހާރުވެސް އެ ޖަނަރޭޓަރު ބެހެއްޓުމަށް ބޭނުންވާ ތައްޔާރީތައް ވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު 11.6 މެގަވޮޓަށް އަރާއިރު، ރަމަޟާން މަހުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޖަނަރޭޓަރުތައް އެކަށީގެންވާ ގޮތެއްގައި މަރާމާތުކޮށް އޯވަރހޯލް ނުކުރެވި ދިގު މުއްދަތެއް ވޭތުވެގެން ގޮސްފައިވާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް