ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތުލުސްދޫގައި ސްޓެލްކޯްޓެލްކޯގެ އައު ކޮމްޕްލެކްސް އިމާރާތެއް ޤާއިމްކުރަނީ

ކ. ތުލުސްދޫގައި ސްޓެލްކޯގެ އައު ކޮމްޕްލެކްސް އިމާރާތެއް ޤާއިމްކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރެވިއްޖެއެވެ. މި މަޝްރޫޢުގެ ދަށުން އަލަށް އިމާރާތްކުރެވޭ ކޮމްޕްލެކްސްގައި އިންޖީނުގެއާއި، ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު ހިމެނެއެވެ.

ސްޓެލްކޯ ހެޑްއޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އާއި، މަސައްކަތާ ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ރާފިއުއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާ އެއްގޮތަށް، މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރުގައި ޕަވަރހައުސްތައް ޤާއިމްކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ތުލުސްދޫގެ މިހާރުގެ ޕަވަރހައުސް އަލަށް ހިއްކާފައިވާ ސަރަހައްދަށް ބަދަލުކުރެވޭނެއެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް އާއި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ މި މަޝްރޫޢާ ގުޅޭގޮތުން ފާޅުކުރެއްވި ޚިޔާލުފުޅުގައި، މި މަޝްރޫޢަކީ ތުލުސްދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ތުލުސްދޫގައި ގެސްޓްހައުސްތައް އިތުރުވެގެންދާނެތީ، ކަރަންޓުގެ ބޭނުން އިތުރުވެގެންދާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ އަގަކީ 11.9 މިލިއަން ރުފިޔާ ކަމަށްވާއިރު، 175 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް