ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސަރަހައްދުގައި އީދު ނަމާދު ހަތަރު ތަނެއްގައި ބޮޑު ޖަމާއަތް އޮންނާނެ

މާލެ ސަރަހައްދުގައި ފިތުރު އީދު ނަމާދު ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ކުރެވޭނެ

އިސްލާމިކް މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި ފިތުރު އީދު ނަމާދު ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖައްސާފައެވެ. މި ހަތަރު ތަނަކީ:

1. މާފަންނު ސްޓޭޑިއަމް – މާލެ
2. ސިންތަޓިކް ޓްރެކް – ހުޅުމާލެ
3. ކްރިކެޓް ސްޓޭޑިއަމް – ހުޅުމާލެ ދެވަނަ ފިޔަވަހި
4. ބޯޅަދަނޑު – ވިލިމާލެ

މީގެ އިތުރުން، މާލޭގެ އެކި މިސްކިތްތަކުގައިވެސް އީދު ނަމާދު ކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. މާލެ ސިޓީގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރެވޭނެއެވެ.

ވިއްސާރަވެއްޖެ ހާލަތެއްގައި މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ ބޮޑު ޖަމާއަތުގެ އީދު ނަމާދު ކެންސަލްވެއްޖެނަމަ، މާލެ ސިޓީގެ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިޢުލާނުކޮށްފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ އަހަރުގެ ފިތުރު އީދުން ފެށިގެން ރާއްޖޭގައި އީދު ނަމާދު ކުރަން ފަށާ ގަޑި ވަނީ ހެނދުނު 7:00 އަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

WhatsApp Image 2026 03 18 at 20.00.33

ހުކުރު ދުވަހަކީ އީދު ދުވަސް ކަމަށް ނިންމައިފި، އީދު މުބާރަކް!

މާލެ ސަރަހައްދުގެ 4 މައިދާނަކާއި 24 މިސްކިތެއްގައި ފިޠުރު އީދު ނަމާދު ކުރާނެ