ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަގާމާ ހަވާލުވުމަށްފަހު ފުލެޓެއް ގަތް ކަމަށްބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: ފަހުމީ

Gbi5usubsaak4pf
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ — ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފުލެޓެއް ބައްލަވައިގެންފައިވާ ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ދޮގުކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ދެކެވޭ އެ ވާހަކަތަކާ ގުޅިގެން އެކްސްގައި ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފުލެޓަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، މީގެ އަހަރުތަކެއް ކުރިން ގަނެ، ފައިސާދައްކަމުން އައިސްފައިވާ ފުލެޓެއް ކަމަށެވެ.

“ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފުލެޓެއް ގަތްކަމަށް ބުނެ، ބައެއް ފަރާ ފަރާތްތަކުން އަޅުގަނޑުގެ އަބުރަށް އަރައިގަނެ، ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ފަތުރަމުންދާ ވާހަކައަކީ ހަގީގަތާ ހިލާފު، އަސާސެއް ނެތް ދޮގު ވާހަކައެއްކަން ދަންނަވަން،” ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާ ފަދަ، އެފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރައްވާ ކަމަށެވެ

ނަމަވެސް، ސިޔާސީ ގޮތުންނާއި އަދި އެ ނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައި ކުރައްވަމުން ގެންދަވާ ގައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިހުތިރާމުކޮށް، މަރުހަބާ ކިޔާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް