ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލިފާނުގެ ހާދިސާއަކާ ގުޅިގެން ހީތްރޯ އެއާޕޯޓް ހާހަކަށްވުރެ ގިނަ ފްލައިޓް ކެންސަލް ކޮށްފި

ދުނިޔޭގެ އެންމެ ބޮޑެތި އެއަރޕޯޓުތަކުގެ ތެރޭގައި ހިމެނޭ ލަންޑަންގެ ހީތްރޯ އެއަރޕޯޓުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެއަރޕޯޓުގެ މަސައްކަތްތައް ވަނީ ވަގުތީގޮތުން ހުއްޓާލަން ޖެހިފައެވެ.

ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އަލިފާން ރޯވެފައިވަނީ އެއަރޕޯޓުގެ ސަބްސްޓޭޝަނެއްގައެވެ. މި ހާދިސާގެ ސަބަބުން އެއަރޕޯޓުގެ ކަރަންޓު ވަނީ ކެނޑި، އެންމެހައި ޚިދުމަތްތައް މެދުކެނޑިފައެވެ. މީގެ އިތުރުން، ފަސިންޖަރުންނާއި އެއަރޕޯޓުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެއަރޕޯޓު ވަނީ ވަގުތީގޮތުން ބަންދުކުރަން ޖެހިފައެވެ.

ހީތްރޯ އެއަރޕޯޓު ބަންދުކުރަން ޖެހުމުގެ ސަބަބުން އިއްޔެ އެކަނިވެސް 1,300 އަށްވުރެ ގިނަ ފްލައިޓު ކެންސަލްކުރެވި، 119 ފްލައިޓު އެހެން އެއަރޕޯޓުތަކަށް ބަދަލުކުރެވިފައިވެއެވެ.

އެއަރޕޯޓުގެ ޚިދުމަތްތައް އަލުން ފެށުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި އެއަރޕޯޓުގެ ޚިދުމަތްތައް އަލުން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުތަކުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު