ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

55 މިލިއަން ޑޮލަރު ހަރަދުކޮށްގެން އުތުރުތިލަފަޅުގައި ޖަލަކާއި ހޯޕް އައިލެންޑު ތަރައްގީކުރަނީ

Img 20240114 142128
އުތުރުތިލަފަޅު —

ޖުމުލަ 55 މިލިއަން ޑޮލަރު ހަރަދުކޮށްގެން އުތުރުތިލަފަޅުގައި ސެންޓްރަކް ޕްރިޒަން ކޮމްޕެލްކްސްއަކާއި ހޯޕް އައިލެންޑުގެ ނަމުގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރު ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމުގެ ގަރާރަށް އިސްލާހުތަކެއް ގެންނަވައި ގަރާރެއް ނެރުއްވައިފައެވެ.

ގަރާރުގައި ވަނީ ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ހިންގުމަށްޓަކައި ގިރާވަރު އުތުރުފަޅު (އުތުރުތިލަފަޅު) ގައި “ހޯޕް އައިލެންޑް” ތަރައްގީކުރުން ހިމަނައިފައެވެ. އެކަމަށް 15 މިލިއަން ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވާ އިރު، އެކަމަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކުމަށް ވެސް 10 މިލިއަން ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން އުތުރުތިލަފަޅުގައި ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް ތަރައްގީކުރުމަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކުމަށް 15 މިލިއަން ޑޮލަރު ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އުތުރުތިލަފަޅުގައި އެ ޕްރިޒަން ކޮމްޕްލެކްސް އެޅުމަށް ވެސް 15 މިލިއަން ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވެއެވެ.

އެ ގަރާރުގައި ދެ ބައިނަލްއަގުވާމީ އެއާޕޯޓު ހިމެނޭހެން ޖުމުލަ 18 އެއާޕޯޓު އެޅުން ހިމަނާފައިވެއެވެ. އަދި މުޅި ރާއްޖޭގައި ސޯޝަލް ހައުސިން މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ހިމަނައި، ރަސްމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅު ހިއްކުން ވެސް ވަނީ ހިމަނައިފައެވެ.

ބައެއް ރަށްތައް ކޯޒްވޭއަކުން ގުޅާލުމަށް ވެސް ގަރާރުގައި ވަނީ ހިމަނައިފައެވެ. އެގޮތުން ތ. ވޭމަންޑޫއާއި ތ. ކިނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުމާއި، ތ. ދިޔަމިގިއްޔާއި ތ. މަޑިފުށި ކޯޒްވޭއަކުން ގުޅައިލުމާއި، ލ. ހިތަދޫއާއި ލ. ކުނަހަންދޫ ކޯޒްވޭއަކުން ގުޅައިލުމުުގެ އިތުރުން ލ. ކަލައިދޫއާއި ލ. ދަނބިދޫ ކޯޒްވޭއަކުން ގުޅައިލުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް