ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުފެއްދުންތެރިކަމުގެ މައުރަޒާއި ގުޅޭގޮތުން ސްޓެލްކޯ އަދި ބީ.ސީ.ސީ މަޝްވަރާކޮށްފި

2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ “ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު – އެކްސްޕޯ 2025” އާ ގުޅޭގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގެ އިސްވެރިންގެ މެދުގައި މުހިންމު މަޝްވަރާ ބައްދަލުވުމެއް ބޭއްވިއްޖެއެވެ.

މި ބައްދަލުވުމުގައި ދެ ކުންފުނި ގުޅިގެން އެކްސްޕޯ 2025 އާ ގުޅޭގޮތުން ކުރިއަށް ގެންދެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ތަފްޞީލީ މަޝްވަރާތަކެއް ކުރެވުނެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހުސައިން ފަހުމީ އާއި ބީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޒިޔާއު އާއެކު، ދެ ކުންފުނީގެ އެހެނިހެން އިސްވެރިން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

“ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު – އެކްސްޕޯ 2025” އަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި އުފެއްދުންތެރިންނަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް ބޭއްވުމަށް ރޭވިފައިވާ ޤައުމީ ފެންވަރުގެ މައުރަޒެކެވެ. މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ޢާންމުންނަށް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމާއެކު، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމަށް މަގުފަހިކޮށްދިނުމެވެ.

މި ބައްދަލުވުމުގައި ދެ ކުންފުނީގެ މެދުގައި އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި، އެކްސްޕޯ 2025 ގެ ކާމިޔާބީއަށްޓަކައި އެއްބާރުލުން ދިނުމަށް އެއްބަސްވެވުނެވެ. މި މައުރަޒާ ގުޅޭ އިތުރު ތަފްޞީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ޢާންމުކޮށް އިޢުލާނުކުރެވޭނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް