ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ ފަޞީޙް އައްޔަންކުރައްވައިފި

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، ރިޓަޔަރޑް އަޙްމަދު ފަޞީޙް އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، ރިޓަޔަރޑް އަޙްމަދު ފަޞީޙް އައްޔަންކުރައްވާފައެވެ. މި މަޤާމަށް ފަޞީޙް އައްޔަންކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރގެ ފެންވަރުގައެވެ.

މި އައްޔަންކުރެއްވުމުގެ ކުރިން، އެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ މަޤާމުން ވަކިކުރައްވާފައެވެ. ނަމަވެސް، ޝަމްޢާން މަޤާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން މިހާތަނަށް ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.

ފަޞީޙަކީ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އެފް.ބީ.އައި ނޭޝަނަލް އެކަޑަމީން އެފް.ބީ.އައި ޖެނެރަލް ކޯސް އޮފް އިންސްޓްރަކްޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައި، ޕޮލިސް ބޯޑުގައިވެސް މަސައްކަތްކުރައްވާފައެވެ.

މި ބަދަލު އައިސްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ތަޙްޤީޤެއް ފަށާފައެވެ. އަދި މިހާތަނަށް 3 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ތަޙްޤީޤު ކުރިއަށްދާ މިންވަރަކުން އިތުރު މަޢުލޫމާތު ހާމަކުރަމުން ގެންދަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

immigration

ފަހު 10 ގައި އިމިގްރޭޝަނުން ހިދުމަތްތައް ލިބޭނެ ދުވަސްތަކާއި ގަޑިތައް އިއުލާން ކޮށްފި

dhivehi passport

ދިވެހި ޕާސްޕޯޓު ދުނިޔޭގެ ރޭންކިންގެ 52 ވަނައިގައި

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ 7 ތަނެއް ބަލައި ފާސްކޮށް ފިޔަވަޅު އަޅައިފި

ރޭ ހިންގި މާރާމާރީއާ ގުޅިގެން 3 ބިދޭސީން ޑީޕޯޓްކޮށްލަނީ